Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 11:53
ކުރީގެ ރައީސް ނަޝީދު މަހްލޫފްގެ އާއިލާއާ ބައްދަލު ކުރައްވަނީ
ކުރީގެ ރައީސް ނަޝީދު މަހްލޫފްގެ އާއިލާއާ ބައްދަލު ކުރައްވަނީ
ޓްވިޓަރ
މަހްލޫފު
މަހްލޫފް ރައީސް ނަޝީދުއާ ބައްދަލު ކުރައްވައިފި
މަހުލޫފް ޖަލުން މިނިވަންވީ މިމަހުގެ 9 ވަނަ ދުވަހު
ޖަލަށްލާފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށްބުނާ ދެ މައްސަލައަކާއި ގުޅިގެން
މަހްލޫފު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ރައީސް ނަޝީދުގެ ފަރާތްޕުޅުން

ދިހަ މަސްދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް, ކުރީގެ ރައީސް މުހައްމަދު ނަޝިދުއާ ލަންކާގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.

 

ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ބުނެ މަހްލޫފްގެ މައްޗަށް ދެ ހުކުމެއް އިއްވާފައިވާއިރު އެއީ ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަކެކެވެ. މަހްލޫފް ޖަލުން މިނިވަންވެފައިވަނީ މި މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

 

މިވަގުތު އަވައްޓެރި ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދުއާ ބައްދަލު ކުރެއްވުމަށްފަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ޖަލުގައި ހޭދުކުރެއްވި ދުވަސްަވަރު އެމްޑީޕީއާއި ރައީސް ނަޝީދު ދެއްވި ހިތްވަރާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

 

މަހްލޫފު ރާއްޖެއެމްވީ އަށް ވިދާޅުވި ގޮތުގައި އޭނާ ޖަލުގައި އޮންނެވި ދުވަސްވަރު އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ ރައީސް ނަޝީދުގެ ފަރާތްޕުޅުންނެވެ. 

"އަޅުގަނޑު ރައީސް ނަޝީދާ ބައްދަލު ކުރީ އެކަމަށް ޝުކުރު އަދާކުރަން. މި ބައްދަލުވުމުގައި އިސްލާހީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު،"މަހްލޫފު ވިދާޅުވި އެވެ. 

 

މަހްލޫފާއި މަހުލޫފްގެ އަނބިކަނބަލުން އަދި ދަރިފުޅު ހުކުރު ދުވަހުގެ ރޭ ސްރީލަންކާގެ އެއާރޕޯޓަށް ވަޑައިގެންނެވުމާއެކު ލަންކާގައި ތިއްބެވި ބައެއް އިސްވެރިންވަނީ އެ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ލަންކާގައި އުޅޭ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ މަހްލޫފާއި ބައްދަލު ކުރައްވާ މަރުހަބާ ދަންނަވަމުންނެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް