Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 02:59
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ
ފޭސްބުކް
ސުމައިދު ހޯދުމުގެ މަސައްކަތް
ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލާ: އެމްއެންޑީއެފް
ތަހުގީގުގައި ފުލުހުންނާއެކު ސިފައިންވެސް ހަރަކާތްތެރިވޭ
ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރެއް ނުވޭ: ފުލުހުން
މިމައްސަލާގައި ސުމެއިދުގެ އާއިލާއިން ސުވާލު އުފައްދާ

މިމަހުގެ ހަތަރުވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާމަށް އެމްއެންޑީއެފުން ބުނެފިއެވެ.

 

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ ކަމަށާއި، މިހަތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް، އަދި ލިބިފައިނުވާކަމަށެވެ.

 

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ.

 

ސުމައދު ހޯދުމަށް ވައިގެ މަގުންނާއި ޑައިވަރުން ބޭނުންކޮށްގެން އެމްއެންޑީއެފުން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.

 

މިމައްސަލާގައި  ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުންބުނެ އެވެ. 

 

ސުމައިދާއެކު މަހަށް ދިޔަ ސ. ފޭދޫ ފަހާގޭ ހުސައިން ސައީދު ބައެއް މީޑިޔާތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓްގެ ޑިންގީ ބަންޑުން ޖަހާލީ، ނެގި ބޮޑު ރާޅަކާ އެކުގަ އެވެ. މި ހާދިސާގައި ސުމައިދުއާއެކު މަހަށް ދިޔަ އަނެއް ދެ މީހުން ސަލާމަތްވީ ފަތާފައި ގޮސް ސަންގްރި-ލާ ރިސޯޓަށް އަރައިގެންނެވެ. ފުރަތަމަ އެ މީހުން ފަތާފައި އެރީ ސަންގްރި-ލާ ކައިރީގައި އޮތް ފަޅުރަށަށެވެ. އެއަށް ފަތާފައި ސަންގްރި-ލާއަށް ދިޔަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް