ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 08:28
މާޒިޔާގެ ވައިސް ކެޕްޓަން އިރުފާން
މާޒިޔާގެ ވައިސް ކެޕްޓަން އިރުފާން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ފުޓްބޯޅައިގައި މާޒިޔާ
"ޤައުމީ ޓީމް މިހާރު ދެމިއޮތީ މާޒިޔާގެ ސަބަބުން"
 
ޤައުމީ ޓީމްގެ ސާދަ ވަރަކަށް ކުޅުންތެރިންނަށް މާޒިޔާއިން މުސާރަދޭ

ރާއްޖޭގެ ޤައުމީ ޓީމް މިހާރު ދެމިއޮތީ މާޒިޔާގެ ސަބަބުންކަމަށް މިދިޔަ 10 އަހަރު އެޓީމަށް ކުޅުނު މިޑްފީލްޑަރ މުޙައްމަދު އިރުފާން (އިރޭ) ބުނެފިއެވެ.

ޤައުމީ ޓީމަށްވެސް ކުޅެމުން އަންނަ އިރޭ ބުނީ ރާއްޖޭގެ ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކުޅުންތެރިން ކުޅުމާ ދުރަށް ދާކަމަށެވެ. ނުވަތަ ކުޅުމަށް ދޭންޖެހޭ ސަމާލުކަން ނުދޭކަމަށެވެ. އެކަމަކު އެހާލަތާއެކުވެސް ޤައުމީ ޓީމް ދެމިއޮތީ މާޒިޔާއިން ކުޅުންތެރިންނަށް މުސާރަ ދޭތީކަން އިރޭ ފާހަގަކުރިއެވެ. މިދިޔަ ދިހަ އަހަރު އޭނާ އެޓީމަށް ކުޅުނުއިރު މުސާރައިގެ އެއްވެސް މައްސަލައެއް ދިމާނުވާކަން ފާހަގަކޮށް އިރޭ ބުނީ މާޒިޔާގެ މެނޭޖްމަންޓާ އެހެން ކްލަބެއްގެ މެނޭޖްމަންޓް އަޅާވެސް ނުކިޔޭނެކަމަށެވެ.

މާޒިޔާއިން އެބަ ބަލަހައްޓާ ޤައުމީ ޓީމްގެ ސާދަ ވަރަކަށް ކުޅުންތެރިން. މާޒިޔާއިން އެބަ މުސާރަދޭ. މުސާރަ ނުދޭނަމަ ކިހިނެއް ކުޅުންތެރިން ކުޅެން ތިބޭނީ. މާޒިޔާ އޮތީމަ ޤައުމީ ޓީމްވެސް މިހާރު އޮންނަނީ.
މުޙައްމަދު އިރުފާން/ މާޒިޔާގެ ވައިސް ކެޕްޓަން

އިރޭ ބުނީ އޭނާއާ އެހެން ޓީމްގެ ކުޅުންތެރިންނާ ދިމާވާކަމަށާއި, އެކުޅުންތެރިން އަބަދުމެ ދައްކާ ވާހަކައަކީ މުސާރަ ނުލިބޭ ވާހަކަ ކަމަށެވެ. އެއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރަންވެސް އޮތް ހުރަހެއްކަން އިރޭ ފާހަގަކުރިއެވެ. މާޒިޔާގެ މެނޭޖަރު އިބްރަހީމް ވަހީދު ބުނީ މާޒިޔާއިން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދިން ނަމަވެސް, އެއަށްފަހު އެހެންކަންކަން ކުރުމަކީ ދަތި ކަމެއްކަމަށެވެ. އެގޮތުން ކްލަބް ޕްރޮމޯޓްކޮށް, ސަޕޯޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް އެންމެ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވެނީވެސް މާލީ ދަތިތައް ހުރުމުންކަމަށެވެ.

މާޒިޔާއަކީ އެންމެ ފަހުގެ ތިން އަހަރުގެ ލީގު ޗެމްޕިއަން ޓީމެވެ. މިދިޔަ ތިން އަހަރުވެސް ޤައުމީ ޓީމްގެ ކުޅުންތެރިންގެ %90 ހިއްސާކުރަނީ މާޒިޔާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
0%
0%
17%
0%
67%
ކޮމެންޓް