Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 13:11
2016 ވަނަ އަހަރު އެވޯޑް ހާސިލްކުރި ނޫސްވެރިން -- ފޮޓޯ: އިންޑިޕެންޑެންޓް
2016 ވަނަ އަހަރު އެވޯޑް ހާސިލްކުރި ނޫސްވެރިން -- ފޮޓޯ: އިންޑިޕެންޑެންޓް
އިންޑިޕެންޑެންޓް
ނޫސްވެރިކަމުގެ އިނާމް
ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ނަން ހުށައަޅައިފި
ފީޗާރ ލިއުމުގެ ދާއިރާއިން މިއަހަރުއަލަށް އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި
ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ މިއީ ތިންވަނަ އަހަރު

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑަށް އެދި ނުވަ ދާއިރާއަކުން 45 ފަރާތަކުން ނަން ހުށައަޅައިފިއެވެ.

 

ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ ( ބުރާސްފަތި) އިއްޔެއެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު އިނާމު ދިނުމަށް ނިންމާފައިވާ މައިގަނޑު ދާއިރާތަކަކީ، ޝަރުއީ ދާއިރާ، އިޖުތިމާއީ ދާއިރާ، ފީޗާ ލިޔުން، ސިޔާސީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ. މީގެ ތެރެއިން ފީޗާ ލިއުމުގެ ދާއިރާއަކީ މިއަހަރު އަލަށް ތައާރަފްކުރި ދާއިރާއެކެވެ.

 

ކައުންސިލުން އާއްމުކުރި އުސޫލުގައި އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަހު މަސައްކަތް ކުރި ނޫސްވެރިންނަށް ވާންޖެހޭނެ އެވެ. އެގޮތުން އިނާމު ދޭނީ ނޫސްވެރިން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް ބަލައިފަ އެވެ.

 

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މީގެ ކުރިން އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ. ދިނެވެ. އެހެންނަމަވެސް މިއަހަރު ދޭނެ އަދަދެއް އެކައުންސިލުން އަދި ހާމައެއް ނުކުރެއެވެ.

 

ނޫސްވެރިންގެ އެވޯޑް ތައާރަފްކޮށްފައި ވަނީ ކޮންމެ އަހަރަކު ވެސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިންގެ ދުވަހާ ދިމާކޮށްވެ. މިހާތަނަށް އެ އެވޯޑް ދެމުން އައީ ވެސް މޭ 3 ވަނަ ދުވަހާ ދިމާކޮށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވޭތީ މި އަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ވަނީ ފަސްކޮށްފައެވެ. ހަފްލާ ބާއްވާނެ ވަކި ތާރީހެއް އެމްއެމްސީން ހާމަކޮށްފައެއް ނުވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް