ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 10:39
ކޯނޯ ކޯޑީ މިސީޒަންގައި ކުޅޭނީ އެވަޓަންއަށް: ފޮޓޯ-އެވަޓަން
ކޯނޯ ކޯޑީ މިސީޒަންގައި ކުޅޭނީ އެވަޓަންއަށް: ފޮޓޯ-އެވަޓަން
ޓްރާންސްފަރ
އެވަޓަންއިން އިންގްލެންޑްގެ ކޯޑީގެ ސޮއި ހޯދައިފި
 
އެވަޓަންއާ ގުޅުނީ ސީޒަންގެ ނިޔަލަށް

އިންގްލެންޑްގެ ޑިފެންޑަރ ކޯނޯ ކޯޑީ އެވަޓަންއަށް ސޮއިކޮށްފިއެވެ.

ވުލްވްސް ދޫކޮށް, ކޯޑީ އެވަޓަންއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށެވެ. ލަމްޕާޑަށް ޑިފެންސް ލައިންގެ ބޮލުގެ ރިހުން ބޮޑުވީ ޓީމްގެ ދެ ޑިފެންޑަރުންނަށް އަނިޔާވުމުންނެވެ. ޔެރީ މިނާއާއި, ބެން ގޮޑްފްރޭ ހުރީ އަނިޔާގައެވެ. 29 އަހަރުގެ ޑިފެންޑަރ އެވަޓަންގައި ބޭނުންކުރާނީ 30 ނަމްބަރ ޖަރޒީއެވެ. ލިވަޕޫލް އެކަޑަމީން ނުކުތް ކޯޑީއަށް މިސީޒަންގައި ވުލްސްވް ކުޅުނު ފުރަތަމަ މެޗުން ފުރުޞަތެއް ނުދެއެވެ. އޭނާ އިނީ ބެންޗުގައެވެ.

ކޯޑީއަކީ އާ ސީޒަނަށް އެވަޓަންއިން ގެންދިޔަ ހަތަރު ވަނަ ކުޅުންތެރިޔާއެވެ. ލަމްޕާޑް ބުނީ ކޯޑީއަކީ ޕްރިމިއަރ ލީގުގައި އެންމެ ރަނގަޅު އެއް ޑިފެންޑަރުކަމަށާއި, އޭނާގެ ލީޑަރޝިޕްގެ ފައިދާ އެވަޓަންއަށް ކުރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް