ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 10:38
އިރޭ މާޒިޔާގެ ކެޕްޓަން ބޭންޑާއެކު
އިރޭ މާޒިޔާގެ ކެޕްޓަން ބޭންޑާއެކު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާއަށް އިރޭގެ ތައުރީފް
މެނޭޖްމަންޓްގެ އެއްވެސް ޕްރެޝަރެއް އެއްވެސް އިރަކު ނެތް- އިރޭ
 
މިދިޔަ 10 އަހަރުވެސް މާޒިޔާގެ ޕެރްޝަރެއް ނެތް

މާޒިޔާގެ މެނޭޖްމަންޓުން އެއްވެސް އިރެއްގައި އެއްވެސް ވަރެއްގެ ޕްރެޝަރެއް ކުޅުންތެރިންނަށް ނުދޭކަމަށް ވައިސް ކެޕްޓަން މުޙައްމަދު އިރުފާން (އިރޭ) ބުނެފިއެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު އިރޭ ބުނީ އޭނާ މާޒިޔާގައި ހޭދަކުރި އަހަރުތަކުގައި އެފަދަ ކަމެއް ކުރިމަތިވެފައި ނެތްކަމަށެވެ. އިރޭއަކީ މިދިޔަ 10 އަހަރު މާޒިޔާގެ މެދުތެރެއާއި ފަހަތުގައިވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ފުޓްބޯޅަ ކުޅުންތެރިއަކަށްވީތީ ޕްރެޝަރެއް އިންނާނެ. ޕްރެޝަރާ ނުލާ ފުޓްބޯޅައެއްވެސް ނުކުޅެވޭނެ. ކާމިޔާބީތަކެއްވެސް ނުލިބޭނެ. މާޒިޔާގެވެސް އޮވޭ ޓާގެޓްތަކެއް, ކޮންމެ އަހަރެއްގެވެސް ކްލަބްގެ ޓާގެޓަކީ އަހަރު ތެރޭގައި އޮންނަ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން. އެއީ މާޒިޔާ މެނޭޖްމަންޓުން ކުރާ ޕްރެޝަރެއްކަމަށް ޤަބޫލެއް ނުކުރަން.
މާޒިޔާގެ ވައިސް ކެޕްޓަން މުޙައްމަދު އިރުފާން

އިރޭ ބުނީ މާޒިޔާއިން އެކުރާ ޚަރަދާއި, އެހެންވެސް ކަންކަމަށް ބަލާ އެޓާގެޓްތަކަށް ވާޞިލްވުމަކީ އަދި އެކަމަށް މަސައްކަތްކުރުމަކީ ކުޅުންތެރިންގެ ޒިންމާއެއްކަމަށެވެ. އެއީ މާޒިޔާއިން ދޭ ޕްރެޝަރެއް ނޫންކަމަށާއި, ޕްރެޝަރެއް ނެތި އެއްވެސް ކުޅުންތެރިއަކަށް ފުޓްބޯޅަ ނުކުޅެވޭނެކަމަށް އިރޭ ބުންޏެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ %90 ކުޅުންތެރިންނާއެކު މާޒިޔާ ނިކުންނަނީ މުޅިން ސީޒަން ކާމިޔާބުކުރުމަށެވެ. ނަމަވެސް މިއަހަރު ޕްރެޒިޑެންޓްކަޕް ވަނީ ގެއްލިފައެވެ. ލީގު ހޯދީ 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
33%
0%
0%
ކޮމެންޓް