ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 10:36
ސާބިއާ ކޯޗު ޓީމަށް އިރުޝާދުދޭއިރު ސުޒޭރު ކައިރީގައި
ސާބިއާ ކޯޗު ޓީމަށް އިރުޝާދުދޭއިރު ސުޒޭރު ކައިރީގައި
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ ސުޒޭރުއާއެކު
މިއަހަރު މާޒިޔާއިން އިތުރު ކޯޗެއް ނުހޯދާނެ، ކުރިއަށްދާނީ ސުޒެއިރުއާއެކު- މާޒިޔާ
 
ސުޒޭރުއާއެކު މާޒިޔާ ނުކުންނާނީ އެފްއޭކަޕަށް

މިސީޒަންގައި މާޒިޔާއިން އިތުރު ކޯޗެއް ނުހޯދާނެކަމަށާއި, އެފްއޭކަޕްގައި ވާދަކުރާނީ އަހުމަދު ސުޒޭރު (ކޮއްކޮ) އާއެކު ކަމަށް މާޒިޔާއިން ބުނެފިއެވެ.

މާޒިޔާއަށް ލީގު ހޯދައިދިން ސަރބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް ވަނީ ޗެމްޕިއަންކަން ކަށަވަރުކޮށްދިނުމަށްފަހު ޓީމް ދޫކޮށްލާފައެވެ. އޭނާ ޓީމް ދޫކޮށްލީ ކްލަބާއެކު މަޝްވަރާކޮށް ދެފަރާތް އެއްބަސްވެގެންނެވެ. އެއީ ކޯޗަށް ރަނގަޅު ފުރުޞަތެއް ސައުދީ އަރަބިޔާއިން ލިބުމުންނެވެ. ކޯޗާއެކު ސްޕެއިންގެ މިޑްފީލްޑަރ ޓަނާވެސް ވަނީ ކްލަބް ދޫކޮށްލާފައެވެ.

ކޯޗު ކްލަބާ ވަކިވުމުން ލީގުގައި ބާކީ އޮތް ދެ މެޗުގައި އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރުއެވެ. އޭނާ ވަނީ ދިވެހި ކުޅުންތެރިންނާއެކުވެސް ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. މީގެކުރިންވެސް ސުޒެއިރު ވަނީ މާޒިޔާއަށް ދިމާވި މިފަދަ ހާލަތްތަކުގައި ޓީމާއެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ އަކީ ކްލަބްގެ ވަފާތެރި ކޯޗެކެވެ.

ސީޒަންގެ ބާކީބައި މާޒިޔާ ކުރިއަށްދާނީ ސުޒެއިރުއާއެކު, ކޮއްކޮ ކޯޗާއެކު ކުރިއަށްދާނީ. މިއަހަރު އިތުރު ކޯޗެއް ނުފެންނާނެ. އެކަމަކުއ އަޒުމަކީ ހަމަ އެފްއޭކަޕްވެސް ރަނގަޅު ނަތީޖާއަކާއެކު ކާމިޔާބުކުރުން. އަޅުގަނޑުމެން ޓާގެޓް ކުރަނީ ހަމަ އެފްއޭކަޕް ކާމިޔާބުކޮށްގެން މިއަހަރު ބާކީ މިއޮތް މުބާރާތް ނިންމާލަން.
އިބްރާހީމް ވަހީދު/ މާޒިޔާގެ މެނޭޖަރ

އެފްއޭ ކަޕް ކްއާޓަރ ފައިނަލްގައި މާޒިޔާ ވާދަކުރަން ޖެހޭނީ ޔުނައިޓެޑް ވިކްޓްރީއާއެވެ. މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. މާޒިޔާއިން ވަނީ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި, ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. ޕްރެޒިޑެންޓްކަޕް ފައިނަލްގައި ބަލިވީއެވެ. ޝީލްޑް ހޯދައިދިނީ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) އެވެ. އެކަމަކު ޕްރެޒިޑެންޓްކަޕް ފައިނަލްގައި ބަލިވުމުން މާޒިޔާއިން ވަނީ މޯހަން ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް