ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:02
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހުމަށްފަހު ހާލާންޑް: ފޮޓޯ-މެންޗެސްޓަރ ސިޓީ
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހުމަށްފަހު ހާލާންޑް: ފޮޓޯ-މެންޗެސްޓަރ ސިޓީ
މެންޗެސްޓަރ ސިޓީ
އިނގިރޭސި ޕްރިމިއަރ ލީގު
ހާލާންޑަކީ ސިޓީގެ ހުރިހާ މައްސަލަތަކެއްގެ ހައްލެއް ނޫން- ގާޑިއޯލާ
 
ލީގުގައި ސިޓީގެ ފުރަތަމަ މެޗުގައި ދެ ގޯލްވެސް ޖެހީ ހާލާންޑް

ޑޯޓްމަންޑުން ގެނައި ނޯވޭގެ ޒުވާން ފޯވާޑް ހާލާންޑަކީ މެންޗެސްޓަރ ސިޓީގެ ހުރިހާ މައްސަލަތަކެއްގެ ހައްލު ނޫންކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ހާލާންޑް ޖެހި ދެ ގޯލުން އާ ސީޒަންގައި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި މޮޅަށްފަހު ގާޑިއޯލާ ބުނީ ހާލާންޑާއެކު ސިޓީ ވަރުހަދަވާނެކަމަށެވެ. އަދި ހާލާންޑްގެ ފަރާތުން ސިޓީއަށް އެހީތެރިކަން ލިބޭނެކަމަށާއި, އެކަމަކު އެއީ ހުރިހާ މައްސަލައެއްގެ ހައްލުކަމަށް ދެކިގެން ނުވާނެކަމަށެވެ. ކޮމިއުނިޓީ ޝީލްޑް މެޗުގައި ލަނޑު ނުޖެހުމުން ކުރިމަތިވި ފާޑުކިއުންތަކަށްފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ދެގޯލް ޖެހުމުން ކޯޗު ގާޑިއޯލާ ބުނީ އެއީ ކުޅުންތެރިޔާއަށްވެސް ޓީމަށްވެސް އޮތް ހިތްހަމަޖެހުމެއްކަމަށެވެ. ގާޑިއޯލާ ވަނީ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ ޖަހަން އިތުބާރާއެކު ހަވާލުވެ, ކާމިޔާބުކުރުމުން އެކަންވެސް ފާހަގަކޮށްފައެވެ.

އަހަރެން ހާލާންޑާމެދު އުފާކުރަން, އޭނާ ޖެހި ދެގޯލާ މެދު ހިތްހަމަޖެހޭ. ބަހުސް މިހިސާބުން ނިމުނީ. ސަލްޒްބާގުގައިވެސް, ޑޯޓްމަންޑްގައިވެސް އޭނާ (ހާލާންޑް) ގޯލްޖެހި, އެކަން މިތަނުގައި (ސިޓީގައި) ވެސް ތަކުރާރިކުރާނެކަމަށް އުއްމީދުކުރަން.
ޕެޕް ގާޑިއޯލާ/ މެންޗެސްޓަރ ސިޓީގެ ކޯޗު

ހާލާންޑް ސިޓީއާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕެޕް ގާޑިއޯލާ އުއްމީދު ކުރަނީ އެމުއްދަތުގައި އަދި އެއަށްވުރެ ގިނަ ދުވަހުވެސް ހާލާންޑް ސިޓީގައި މަޑުކުރާނެކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އުއްމީދުކުރަނީ ހަމައެކަނި ހާލާންޑްގެ ފަރާތުން ގޯލްތަކަށް އެކަނި ނޫންކަމަށާއި, މޮޅު ކުޅުމަށްވެސް އުއްމީދުކުރާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް