ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 22:58
ހާލާންޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ހާލާންޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސިޓީގެ ދެ ލަނޑުވެސް ޖެހީ ހާލާންޑް
 
މެޗުގައި ގާޑިއޯލާ ފަސް ބަދަލު ގެނައި

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ބަދަލުވެ, ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހާލާންޑް ޓީމް މޮޅުކޮށްދީފިއެވެ.

އާ ސީޒަންގެ ޕްރިމިއަރ ލީގުގައި ސިޓީ ކުޅުނު ފުރަތަމަ މެޗު ވެސްޓްހޭމް ޔުނައިޓެޑާ ވާދަކޮށް ކާމިޔާބުކުރީ ހާލާންޑް ޖެހި ދެ ގޯލުންނެވެ. މެޗު ސިޓީ ކާމިޔާބުކުރީ 2-0ންނެވެ. ފުރަތަމަ ހާފް ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ފުރަތަމަ ލަނޑު ޖެހީ ވެސްޓްހޭމްގެ ކީޕަރު ހާލަންޑަށް ކުރި ފައުލަށް ދިން ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑު 65 ވަނަ މިނިޓްގައި ޖެހީ ޑި ބުރައިނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި ދެ ލަނޑު ޖެހިފަހުން 78 ވަނަ މިނިޓްގައި ހާލާންޑްގެ ބަދަލުގައި އާނެޖްޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒްއަށް ކޯޗު ގާޑިއޯލާ ފުރުސަތު ދިނެވެ. މެޗުގައި ޕެޕް ގާޑިއޯލާ ވަނީ ފަސް ބަދަލު ގެނެސް، ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މެޗުގައި ހާލާންޑް ވިދާލާފައި މިވަނީ ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިބުނު ފުރުސަތުތައް އޭނާ އަތުން ނާކާމިޔާބުވެ, ލިވަޕޫލް އަތުން ސިޓީ އެ މެޗުން ބަލިވެސް ވެފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް