ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 21:19
ޓުލޫސްއާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓުލޫސްއާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން
-
ފްރެންޗް ލީގު
ޓުލޫސް އާއި ނީސް މެޗު އެއްވަރު
 
މެޗު ނިމުނީ 1-1ން އެއްވަރުވެގެން

ފްރެންޗް ލީގުގައި ޓުލޫސްއާއި ނީސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ އައު ސީޒަންގައި މި ދެޓީމުވެސް ފްރެންޗު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ޓުލޫސްގެ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޓުލޫސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ތީސް ޑަލިންގާއެވެ. މިއީ އެޓީމުގެ ބްރަންކޯ ވެންޑެން ބޯމަން ނަގައިދިން ހުރަހަކުން ޑަލިންގާ ޖަހައިދިން ލަނޑެކެވެ.

ނީސްއިން ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ބިލާލް ބްރަހިމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާރޯން ރަމްސޭއެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އެރިތާ ދެވަނަ މިނެޓުގެ ތެރޭގައި އާރޯން ޖެހި ލަނޑެކެވެ.

ލީގުގައި ޓުލޫސް ދެން ބައްދަލުކުރަން ޖެހޭނީ ޓްރޮއީސްއާއި އެވެ. މި މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހު ނީސް ނުކުންނާނީ ސްޓާސްބާގާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް