ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 12:59
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުން
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުން
މުހައްމަދު ޔާސިރު މޫސާ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ
 
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ވަނީ ހުޅުވާލާފައި
 
މުބާރާތް އިންތިޒާމުކުރާނީ ރައުހަތު ސްޕޯޓްސް ކްލަބުން
 
މުބާރާތް އޮންނާނީ ގދ ތިނަދޫގައި

މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރު ނާޒްމީ ސައީދުއެވެ. މުބާރާތް އިންތިޒާމުކުރާ ރައުހަތު ސްޕޯޓްސް ކްލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކްލަބުގެ ބޯޑު މެމްބަރު އަހްމަދު އަލީއެވެ.

މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 11ން 15ގެ ނިޔަލަށެވެ. ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތް ހިންގި ނަމަވެސް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ފަސް އުމުރުފުރާއަކުން އަންހެން އަދި ފިރިހެން ޑިވިޝަންގެ އެތުލީޓުން ވާދަކުރާނެއެވެ. އެއީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މި މުބާރާތް ރާވައި ހިންގުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. ކްލަބުން މައުލޫމާތުދޭ ގޮތުގައި މި މުބާރާތަށް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ އިތުރުން ކަމާއި ގުޅުންހުރި އިދާރާތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެއެވެ. އަދި މުބާރާތުގައި ރާއްޖޭގެ އެތުލެޓިކްސްގެ އެންމެ މަތީ ފަންތީގެ ގިނަ ޓީމްތަކެއް ފެނިގެންދާނެ ކަމަށްވެސް އެ ކްލަބުން މައުލޫމާތުދެއެވެ. ކްލަބުން ހީނުކުރާފަދަ ބޮޑު ތަރުޙީބެއް މި މުބާރާތަށް ލިބެމުން އަންނަކަމަށްވެސް އެކްލަބުން ފާހަގަކުރިއެވެ. މުބާރާތް އޮންނާނީ ގދ ތިނަދޫގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
67%
0%
0%
0%
33%
ކޮމެންޓް