Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 07:42
މާލޭ ނީލަން ފިހާރައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ
މާލޭ ނީލަން ފިހާރައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
އެމްއެންޑީއެފް
ނީލަން ފިހާރައިގައި އަލިފާން ރޯވެއްޖެ
އަލިފާން ރޯވީ 7:00 ހާއިރު
ރޯވި ސަބަބެއް ނޭނގޭ
މީހަކަށް ގެއްލުމެއް ނުލިބޭ

މާލޭގެ ނީލަން ފިހާރާއިގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިއަދު 7:00 ހާއިރު ނީލަންފިހާރަ ރޯވިކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާން ފެށި އެވެ. އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވާން ފެށުމާއެކު، މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ނިއްވާލެވުނެވެ. 

ނީލަން ފިހާރައިގައި އަލިފާން ރޯވެފައި

އަލިފާންގަނޑު އެއްކޮށް ނިއްވާލީ ހެނދުނު 7:45 ހާއިރު އެވެ. 

މި ހާދިސާގައި އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އަލިފާން ރޯވި ސަބަބެއް  އަދި ނޭނގެ އެވެ. 

އެމްއެންޑީއެފުން ބުނީ މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް