ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 00:42
ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
އެވަޓަން އަތުން ޗެލްސީއަށް ޕެނަލްޓީ މޮޅެއް!
 
ޗެލްސީން މަސައްކަތް ކުރަނީ އިތުރު ކުޅުންތެރިން ހޯދަން

އިނގިރޭސި ޕްރިމިއަރ ލީގުގެ އާ ސީޒަންގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން އަތުން މޮޅެއް ހޯދައިފިއެވެ. ޗެލްސީ މޮޅެއް ހޯދީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުންނެވެ.

1-0 ން ޗެލްސީ މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހީ ޖޯޖީނިއޯއެވެ. ބޮޑެތި ބަދަލުތަކަކާއެކު އާ ސީޒަނަކާ ކުރިމަތިލި މެޗުގައި ސިޓީން ޗެލްސީއާ ގުޅުނު އިނގިރޭސި ފޯވާޑް ސްޓާލިންގއާއި ކުލިބާލީ ފުރަތަމަ އެގާރައިގައި ކުޅުނެވެ. އެވަޓަން މެޗަށް ނިކުތީ ކްލަބް ބަދަލުވުމުގެ ވާހަކަތައް ދެކެވެމުންދާ ރިޗާލިސަންއާއި އަނިޔާގައިހުރި ކަލްވާޓް ނުލައެވެ.

އުނދަގުލުން ނަމަވެސް މޮޅަކުން ފެށުމުން ޗެލްސީގެ ކޯޗު ޓުޗެލް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ހޯދަން ޗެލްސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލީގުގައި އެސްޓަން ވިލާ ވަނީ ފުރަތަމަ މެޗުގައި ބޯންމައުތް އަތުން 2-0 ން ބަލިވެފައެވެ. އަދި ވުލްވްސް އަތުން 2-1 ން ލީޑްސް ޔުނައިޓެޑް މޮޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް