ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 21:51
ބުރު ސްޕޯޓްސް ކްލަބު
ބުރު ސްޕޯޓްސް ކްލަބު
މުހައްމަދު އަހުނަފް
ދެވަނަ ޑިވިޝަން ފުޓްބޯޅަ
ފުރިހަމަ މޮޅަކާއިއެކު ބުރު ގްރޫޕް ސްޓޭޖު ނިންމާލައިފި
 
ގްރޫޕް އެކެއްގެ އެއްވަނައިގައި ބުރު އޮތީ 21 ޕޮއިންޓު ހޯދައިގެން
 
ބުރުން ޕީކޭ ބަލިކުރީ 4-0ން

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ބުރު ސްޕޯޓްސް ކްލަބު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ބުރުގެ ފަހު މެޗުގައި އެޓީމު ވާދަކުރީ ކްލަބު ޕީކޭއާއިއެވެ. ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ބުރު ކާމިޔާބުކުރީ 4-0ންނެވެ. މެޗުގައި ބުރުގެ ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގައި ބުރުގެ އަހުމަދު ޖުމައިލް ދެލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އިބްރާހިމް މުބީން އަހުމަދު ރަޝީދުއެވެ. ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ބުރުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިމަން ނަޒީރުއެވެ.

ފުރަތަމަ ޑިވިޝަނަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ބުރަކީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ. ތިންވަނަ ޑިވިޝަންގައި ބުރު ކުޅުނު ހުރިހާ މެޗެއްވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ބުރަކީ މިއަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގައި ލިބުނު މޮޅުގެ ގޮތުން ސައްތައިން ސައްތަ ހޯދައިގެން ގްރޫޕް ސްޓޭޖު ނިންމާލި ހަމައެކަނި ޓީމެވެ.

މި ނަތީޖާއާއިއެކު ގްރޫޕް އެކެއްގެ އެއްވަނައިގައި ބުރު އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި ޕީކޭ އޮތީ ނުވަ ޕޮއިންޓްއާއި އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް