Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 05:14
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ވެރިކަން ދިފާއުކުރުމަށް ރައީސް މައުމޫން ވެސް ހައްޔަރުކޮށްފާނެ: އަހުމަދު އަބްދުﷲ
ވެރިކަން ދިފާއު ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ
ރައްޔިތުން ތިބީ އިސްލާހީ މަސައްކަތުގައި ސާބިތު ކަމާއި އެކު
ރައްޔިތުން އެދޭ ބަދަލު މަޖިލީހުގެ ތެރެއިން ފެނިގެންދާނެ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ހައްޔަރުކޮށް ޖަލަށް ލެވޭނެ ހާލަތެއް ނެތް ކަމަށް ކުރީގެ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ޚުދުމުހުތާރު ވެރިކަމެއް ކަމަށެވެ. ވެރިކަން ދިފާއު ކުރެއްވުމަށް ކުރެވެން ހުރި ހުރާ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ކުރާ ކޮންމެ ބޭފުޅެއްވެސް މި ވެރިކަމުގައި ހައްޔަރުކޮށްފާނެ ކަމަށެވެ.

 

ރައީސް ޔާމީން ވެރިކަން ކުރައްވަނީ ގާނޫނު އަސާސީއާއި ޚިލާފަށްކަން ތަކުރާރުކޮށް ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ރައީސް މައުމޫން މާލެ ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ވަޑައިގަތުމަކީ، އިސްލާހީ މަސައްކަތުގައި ދިވެހި ރައްޔިތުން ސާބިތުކަމާއިއެކު ތިބިކަމުގެ ހެއްކެއް ކަމަށެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިސްވެރިން ރައީސް މައުމޫނަން މަރުޙަބާ ދެންނެވުމަށް ވަޑައިގަންނަވަން ޖެހުމަކީ އެމަނިކުފާނު އުފެއްދެވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލަދުގަނަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަންވެސް އަހުމަދު ފާހަގަކުރެއްވިއެވެ.

 

އަހުމަދު ވިދާޅުވީ ވެރިކަން ދިފާއުކުރެއްވުމަށް ރައްޔިތުންނަން ބިރުދައްކައި، ސިޔާސީ ލީޑަރުންނަން ގޯނާކުރާ ކަމަށެވެ. އެހެންނަމަވެސް މިއަދު އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ ކުރިއަށް އޮތްތަނުގައި ރައްޔިތުން އެދޭ ބަދަލު ފެނިގެންދާނެ ކަން ހާމަވެގެންދާނެ ކަމެއް ކަމަށް އަހުމަދު ވިދާޅުވިއެވެ.

 

އެގޮތުން ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގައުމު ހަމަމަގަށް އެޅުވުމަށް އިދިކޮޅު ފަރާތަކުން ކުރަމުންގެންދާ މަސައްކަތަށް ތާއިދުކުރާ ކަމަށާއި މަޖިލީހުން މީގެ ކުރިން ހަދާފައިވާ ނުރަނގަޅު ގާނޫނުތަށް އިސްލާހްކޮށް، ރައްޔިތުންގެ ޙައްގުތަށް ކަށަވަރުގެންދާނެ މަންޒަރު ވެސް ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް