ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 07:58
ޔުވެންޓަސްއަށް އަލަށް ގުޅުނު ޑި މާރިއާއާއެކު ޕޮގްބާ: ފޮޓޯ-ޕޮގްބާ ޓްވިޓަރ
ޔުވެންޓަސްއަށް އަލަށް ގުޅުނު ޑި މާރިއާއާއެކު ޕޮގްބާ: ފޮޓޯ-ޕޮގްބާ ޓްވިޓަރ
ޕޮގްބާގެ އަނިޔާ
ވަރލްޑްކަޕްގައި ނުކުޅެވިދާނެތީ އޮޕަރޭޝަން ކުރަން ޕޮގްބާ ފަސްޖެހެނީ
 
ހަތަރު ފަސް ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ކުރަން ޕޮގްބާ ފަސްޖެހިއްޖެއެވެ.

ޕޮގްބާ އޮޕަރޭޝަން ކުރަން ފަސްޖެހެނީ މިއަހަރުގެ ނޮވެންބަރު މަހު ޤަތަރުގައި ފަށާ ފީފާ ވަރލްޑްކަޕްގައި ނުކުޅެވިދާނެކަމުގެ ބިރު އޮތުމުންނެވެ. އެހެންކަމުން ޕޮގްބާ މިހާރު މަސައްކަތްކުރަނީ އޮޕަރޭޝަން ނުކޮށް ޖިމްއާއި, ޕޫލްގައި ޚާއްޞަ ތަމްރީނުތަކަކާއެކު ފަރުވާއެއް ލިބޭތޯއެވެ. ޕޮގްބާ ވަނީ އަންގާރަ ދުވަހު ސްޕެޝަލިސްޓަކަށް ދައްކާފައެވެ. އޭރުންވެސް ހަތަރު ފަސް ހަފްތާ ޕޮގްބާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޕޮގްބާގެ ކަނާތު ކަކުލަށް އަނިޔާވީ ދެވަނަ ފަހަރަށް ޔުވެންޓަސްއަށް ބަދަލުވެ, އެކްލަބާއެކު ކުރިއަށްގެންދިޔަ ޕްރީ ސީޒަން ތަމްރީނުތަކުގައެވެ.

ޕޮގްބާ ދެވަނަ ފަހަރަށް ޔުވެންޓަސްއަށް ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑާއެކު އޮތް އެއްބަސްވުން ހަމަވުމުން ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. 2018 ވަނަ އަހަރުގެ ވަރލްޑްކަޕް ފްރާންސް ހޯދީ 29 އަހަރުގެ ޕޮގްބާގެވެސް އެހީތެރިކަމާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް