ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 22:44
ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު ހުޅުވާލުން
ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު ހުޅުވާލުން
ރާއްޖެއެމްވީ
އުރީދޫ މޯލްޑިވްސް
އުރީދޫގެ ޚިދުމަތްތައް ބޭނުންކޮށްގެން ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު!
 
ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ނިޔަލަށް

އުރީދޫ މޯލްޑިވްސް އިން ދޭ ޚީދުމަތްތައް ބޭނުންކޮށްގެން މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕް ބާލަލަން ދިއުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ވޯލްޑް ކަޕްއަށް ދިއުމުގެ ފުރުސަތު ހުޅުވާލާ އެކަން ރަސްމީކޮށް އިއުލާނުކުރީ މިއަދު ހަވީރު އެކުންފުނިން ބޭއްވި ޚާއްސަ ފުޓްބޯޅަ މެޗެއް ފެށުމުގެ ކުރިންނެވެ. އެގޮތުން އުރީދޫގެ ޚިދުމަތް މިހާރު ހޯދަމުން އަންނަ ކަސްޓަމަރުންނާއި، ޚިދުމަތް އަލަށް ހޯދަން ފަށާ ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

އުރީދޫއިން ވަނީ މިއަހަރު އޮންނަ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ މެޗެއް ބަލާލުމަށް ހަތަރު ފަރާތަކަށް ފުރުސަތު ހުޅުވާލާފައެވެ. ލަކީ ޑްރޯގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. ގުރުއަތުން ހޮވޭ ހަތަރު ފަރާތެއް ވޯލްޑް ކަޕަށް ދިއުމުގެ ޚަރަދާއި، އެތަނުގައި ހުރުމުގެ ޚަރަދުގެ އިތުރުން ސްޓޭޑިއަމް ޓިކެޓް ހަމަޖައްސާނީ އުރީދޫއިންނެވެ.

ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު ހުޅުވާލުމަށްފަހު ރާއްޖޭގެ ގައުމީ ޓީމާއި ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތީގައި އުޅޭ ކުދިންނާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުނެވެ. މި ހަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

އުރީދޫއަކީ މިފަހަރުގެ ވޯލްޑް ކަޕުގެ ސްޕޮންސަރެކެވެ. މުބާރާތް ފަށާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް