ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 20:05
ސިފައިންނާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން
ސިފައިންނާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން
ދެވަނަ ޑިވިޝަން
އެއްވަނާގައި ބުރު ސެމީ ފައިނަލަށް
 
ބުރު ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފައި
 
ސެމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯލަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބުރު ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ބުރުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕު އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި, ބާކީ އެއް މެޗު އޮއްވައެވެ. މުބާރާތުގައި ބުރު މިއަދު ނުކުތީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. މި މެޗު ބުރުން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބްރޫނޯ އަރާބަލް ޕަސަމަނީއެވެ.

ސިފައިންނާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން

މި ނަތީޖާއާއެކު ގްރޫޕުގެ އެއްވަނާގައި ބުރު އޮތީ ކުޅުނު ހަ މެޗުވެސް ކާމިޔާބު ކޮށްގެން، ލިބުނު 18 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނާގައި އޮތް ކުޑަ ހެންވޭރަށް ފަސް މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކޮށްގެންވެސް ކުޑަ ހެންވޭރަށް ލިބޭނީ 15 ޕޮއިންޓެވެ. އެހެންކަމުން ބުރަށް ވަނީ ގްރޫފްގެ އެއްވަނާގައި ސެމީގެ ޖާގަ ޔަގީންވެފައެވެ.

ތާވަލުގެ ތިންވަނާގައި އޮތް ޖޭޖޭ ސްޕޯޓްސް ކްލަބާއި، ހަތަރު ވަނާގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާއި، ފަސްވަނާގައި އޮތް ސިފައިންނާއި، ހަވަނާގައި އޮތް ކްލަބު ޕީކޭގެ އިތުރުން ހަތްވަނާގައި އޮތް ބިސްބުރަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބުރަށް ބާކީ އޮތީ އެންމެ މެޗެކެވެ. ޕީކޭއާއި ބުރު ބައްދަލުކުރާ މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00ގައި ގަލޮޅު ދަނޑުގައެވެ.

ސެމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ސެމީގައި ބުރު ވާދަކުރަން ޖެހޭނީ ދެވަނަ ގްރޫޕުގެ ދެވަނަ ހޯދާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް