ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 18:15
ބަނގްލަދޭޝްއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ސާފް
ބަނގްލަދޭޝްއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ސާފް
އަންޑަރ20 ސާފް ޗެމްޕިއަންޝިޕް
ބަނގްލަދޭޝް ފައިނަލަށް
 
ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ ނޭޕާލާއި އިންޑިޔާ

ނޭޕާލާ އެއްވަރުކޮށް, 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުން ބަނގްލަދޭޝް ޖާގަ ހޯދައިފިއެވެ.

ބަނގްލަދޭޝް ފައިނަލުން ޖާގަހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ބަނގްލަދޭޝް ވަނީ ފުރަތަމަ ތިން މެޗުގައި އިންޑިޔާ, ސްރީލަންކާ އަދި ދިވެހިރައްޖެ ބަލިކޮށްފައެވެ. ފައިނަލަށް ވާދަކުރަމުން އައި ދެޓީމްގެ މެޗު އެއްވަރުވީ 1-1 ނެވެ. ބަނގްލަދޭޝްއަށް ފައިނަލްގެ ޖާގަ ލިބުނީ ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ނޭޕާލަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެއީ ރާއްޖެއާއި ސްރީލަންކާ އަތުން މޮޅުވެ, ބަނގްލަދޭޝް އަތުން ހޯދި ޕޮއިންޓެވެ. އިންޑިޔާ އަތުން ވަނީ ބަލިވެފައެވެ.

ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ ޓީމެއް ޔަޤީންވާނީ ރާއްޖެއާއި އިންޑިޔާ ވާދަކުރާ މެޗު ނިމުމުންނެވެ. މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން އިންޑިޔާ މޮޅުވެއްޖެނަމަ ނުވަ ޕޮއިންޓާއެކު އިންޑިޔާއަށް ފައިނަލްގެ ޖާގަ ލިބޭނެއެވެ. ނޭޕާލަށް ފުރުޞަތު އޮތީ ރާއްޖެ އަތުން އިންޑިޔާ ބަލިވެގެންނެވެ. އިންޑިޔާ ވަނީ ސްރީލަންކާއާއި, ނޭޕާލް ބަލިކޮށްފައެވެ. ބަނގްލަދޭޝް އަތުން ފުރަތަމަ މެޗުގައި ބަލިވިއެވެ. އެހެންކަމުން ރާއްޖެއާ ދެކޮޅަށް ނިކުންނައިރު އިންޑިޔާ އޮތީ ހަ ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް