ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 23:33
ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ
ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ
ރާއްޖެއެމްވީ
ކުޑަހުވަދޫ އެއާޕޯޓްގައި މުޒާހަރާކުރަނީ
މަންތާގެ ފުލައިޓަކަށް ބަލި މީހަކު ނާރުވައިގެން ކުޑަހުވަދޫ އެއަޕޯޓްގައި މުޒާހަރާކުރަނީ
އެއްވެސް ފްލައިޓަކުން ބަލި މީހުން ނުގެންދާކަމަށް ރައްޔިތުން ބުނޭ
ބަލި މީހުން ގެންދިޔުމުގައި ވަކި ޚާއްސަ އުސޫލުތަކެއް ހަމަޖެހިފައި އޮންނައިރު އެއުސޫލުގެ ތެރެއިން ބަލި މީހުން ގެންދާނެކަމަށް މަންތާ އިން ބުނޭ
ބޯޓުތަކަކީ ބަލި މީހުން އިވެކުއޭޓްކުރެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ ބޯޓުތަކެއް ނޫން

މަންތާ އެއަރގެ ފުލައިޓަކަށް ބަލި މީހަކު ބޯޓަށް ނާރުވައިގެން ދ ކުޑަހުވަދޫ އެއަޕޯޓްގައި އެރަށު ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

"ރާއްޖެއެމްވީ" އާ ވާހަކަދައްކަމުން އެރަށުގެ ރައްޔިތަކު ބުނީ ހޯމަ ދުވަހުގެ މެންދުރު ހާޓްއެޓޭކް ޖެހުނު މީހަކު ބޯޓަށް ނާރުވައިގެން ނުފުރިވާކަމަށެވެ. މަންތާ އެއަރ އިން ކޮންމެ ދުވަހަކު ހަ ފްލައިޓް ކުޑަހުވަދޫން ދަތުރުކުރާކަމަށާއި ނަމަވެސް އެއްވެސް ފްލައިޓަކުން ބަލި މީހުން ނުގެންދާކަމަށް އެމީހާ ބުންޏެވެ. އެހެންކަމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ރައްޔިތުން ނިކުމެ ކުޑަހުވަދޫ އެއާޕޯޓް ދޮރު މަތީގައި މުޒާހަރާކުރަމުން ގެންދާކަމަށް އެމީހާ ބުންޏެވެ. ވާހަކަ ދެއްކި މީހާ ބުނީ ބަލި މީހުން ބޯޓުން ނުގެންދިޔުމުގެ ސަބަބުން މީގެކުރިން މީހުންގެ ފުރާނަވެސް ގެއްލިފައިވާކަމަށެވެ.

އެމީހާ ބުނީ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ މުޒާހަރާކުރަމުންދަނީ އެތައް ދުވަހެއްވީ މިމައްސަލައަށް ހައްލު ލިބިފައިނުވާތީކަމަށެވެ. ބަލި މީހުން ބޯޓަށް އަރުވައިގެން ނުގެންދިޔުމުގެ ސަބަބުން ދެން ޖެހެނީ އިތުރު ގޮތްތައް ހޯދަން ކަމަށާއި އެއަޕޯޓް އޮތްނަމަވެސް އޭގެ ފައިދާ ރައްޔިތުންނަށް ނުކުރާކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކުރަމުންދާއިރު އެތަނުގައި ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެކަމާއި ގުޅިގެން މަންތާ އެއަރ ލައިންގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުން ނިކުމެ ނުރުހުންފާޅުކުރަމުން ގެންދާ މައްސަލައިގައި އެބަލި މީހާ ބޯޓުން ގެންދިޔުމަށް މަންތާ އެއަރ ގައި ރަސްމީކޮށް އެދިފައިނުވާކަމަށެވެ. ބަލި މީހުން ގެންދިޔުމުގައި ވަކި ޚާއްސަ އުސޫލުތަކެއް ހަމަޖެހިފައި އޮންނައިރު އެއުސޫލުގެ ތެރެއިން ބަލި މީހުން ގެންދާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުން ނުރުހުންފާޅުކުރަމުންދާ މައްސަލައިގައި އެކަމަށް ހައްލު ގެނައުމަށް ކައުންސިލާވެސް ވާހަކަދައްކަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިމައްސަލަޔާ ގުޅިގެން ބަލި މީހުން ގެންދާ ޕްރޮސީޖަރ އާ ގުޅޭގޮތުން މައުލޫމާތު ސާފުކުރިކަމުގެ މައުލޫމާތު ލިބުނުކަމަށާއި ނަމަވެސް ބަލި މީހާ ގެންދިޔުމަށް ރަސްމީކޮށް އެދިފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން މަންތާ އެއަރ އިން ބޭނުންކުރާ ބޯޓުތަކަކީ ބަލި މީހުން އިވެކުއޭޓްކުރެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ. ގޮނޑީގައި އަމިއްލަ އަށް ތިބެވޭ ބަލި މީހުން ބޯޓުގައި އުފުލާފައި ހުންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

- ކޮމެންޓް
2 އޯގަސްޓް 2022 | އަންގާރަ 02:12
ޙިދުމަތް ތެރިޔާ
ދެރަ.. އެކަމަކުވެސް މަންތާ އިން އެބުނާ ވާހަކަވެސް މުޅިއަކުން ގޯހެއްނޫން..ބަލިމީހާ އިތުރަށް ހާލު ދެރަވެއްޖެ ހިނދެއްގައި ފްލައިޓުތެރޭން ދެވޭނެ ފަރުވާއެއް ނެތިއްޖެނަމަ މާދެރަ..މެޑިކަލް ފުލީ އިކުޕްޑް އެއާ ބަސް އެއް ނޫންނަމަ ފްލައިޓު ގެ ގަވައިދު ތަންނުދޭ...އެއީ ރިސްކް ހައިވީމަ ފްލައިޓު ތަކުގެ ގަވައިދު އިންނަ ގޮތް.. އިންޓަނޭޝަންލް ފްލައިޓު ތަކުގަވެސް އިންނަ ގަވައިދު އެއީ..މިކަމަށް އެކެށޭނެ ފްލައިޓެއް ދައުލަތުން ހަމަޖައްސާ ދެއްވުން ރަގަޅު..މަންތާ ގެ ފްލައިޓުތަށް ބަލިމީހުން އުފުލޭނެ ގޮތަށް އަޕް ގްރޭޑު ކުރުން މުހިއްމު..އެއީ އަސާސީ ޙިދްމަތެއް..ލިބެންޖެހޭ ޙިދުމަތެއް..ހަމައެކަނި ޕެސެންޖަރސް އުފުލަން ފްލައިޓުތައް ޑިޒައިން ކުރުން އެއީ އެންމެ ރަގަޅު ގޮތެއް ނޫން...ބަލިމީހާ އަށް އަވަސް ޝިފާ އަކަށް އެދެން..