Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 13:59
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން
ގޫގުލް
ބިދޭސީ މީހުންގެ ވޯކް ވިޒާ
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
ޕްރައިވެޓް އެއްވެސް ކްލިނިކްއަކުން ބިދޭސީންގެ މެޑިކަލް ނުހެދޭނެ
މިގޮތަށް ހަމަޖެއްސީ ގައިންގަޔަށް އަރާ ބަލި ފަތުރެމުން ދިއުން ކޮންޓްރޯލް ކުރުމަށް
ރާއްޖެ ގެންނަ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އަންނަނީ ގައިގަޔަށް އަރާ ބަލިތައް ފެތުރޭ ހިސާބްތަކުން

ރާއްޖެ އަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ވޯކްވިޒާ ހަތަރު ފަރާތަކުން ނުނީ ނުހެދޭ ގޮތަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ގައިގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ހިސާބްތަކުން އަންނަ މީހުން ކަން އެ އިދާރާ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިފަދަ މީހުންގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި އިތުރަށް ފަތުރެމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެން ކަމުން މިކަން ހައްލު ކުރުމަށްޓަކައި ރާއްޖެ އަށް ނިދޭސީ މަސައްކަތު މީހުން ހަދަން ޖެހޭ ވޯކްވިޒާ މެޑިކަލް ޗެކްޕް ހެދުމުގެ މަސައްކަތް ހަރަދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި 22 ޖޫން އިން ފެށިގެން ވޯކްވިޒާ މެޑިކަލްސްގެ ގޮތުގައި ބަލައި ގަނެވޭނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލްސް އާއި އޭޑީކޭ ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލް އާއި ހުޅުމާލެ ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލްސްގެ އިތުރުން އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ސަރުކާރުގެ ހިދުމަތްދޭ ހޮސްޕިޓަލްތަކުން އެކަނި ހަދާ ވޯކްޕާމިޓް މެޑިކަލްސް ކަމަށް ހެލްތް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މި އަހަރުގެ ކުރީކޮޅު ވެސް ބިދޭސީންގެ ވޯކް ވިޒާގެ މެޑިކަލްގެ ފޭކް ރިޕޯޓްތަކެއް ހާމަވުމާ ގުޅިގެން އޭޑީކޭ އާއި އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމި އެވެ. ނަމަވެސް ފަހުން ފަހުން ވަނީ އެ ދެ ތަނަށް ވެސް ހުއްދަ ދީފައެވެ. ނަމަވެސް މި ފަހަރު ހުއްދަ ދީފައި ވަނީ ހަމައެކަނި ސަރުކާރުން ތަންތަނަށާއި އޭޑީކޭ އަށް އެކަންޏެވެ. އޭއެމްޑީސީ އަށް އަދި އަމިއްލަ އެއްވެސް ކްލިނިކްގެ ރިޕޯޓްތައް ބަލައިނުގަންނަން ހެލްތު މިނިސްޓްރީން ވަނީ ނިންފާއެވެ. 

އިމިގްރޭޝަނުން ބުނީ 22 ވަނަ ދުވަހުން ފެށިގެން ހެލްތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އެ އިދާރާ އިން އަމަލުކުރަން ފަށާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖޫން 2017 | ބުރާސްފަތި 19:05
ހެލްތް ވޯކަރ
ދަންނަވަންތޯ ؟ މިއަދު އަނެއްކާވެސް ތިޔަ ގޮތައް ތިޔަ ނިންމީ ސަރުކާރަށް ވަންނަ ބައި ބޮޑުކުރުމަށް؟ އެހެނީ މެޑިކަލް ހެއްދުމުގެ އަގަކީ 300ރުފިޔާ ؟ ތިޔަށްވުރެ މެޑިކަލްގައި މަކަރު ހަދާފަރާތްތަކަށް ބޮޑުއަދަބެއް ކަނޑައަޅާ ފުރަތަމަ ފަހަރެއް ނުބަލާ -/50000ރުފިޔާ އިން ޖުރިމަނާ ކޮށްލުން ކީއްތޯ؟