ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 21:01
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް
ހޯމަ ދުވަހުގެ ރޭ 8:30ން ފެށިގެން މެންދަމު 2ށް ވައިޓް އެލާޓް ވަނީ ނެރެފައި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ
އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެ، ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ރޭ 8:30ން ފެށިގެން މެންދަމު 2ށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަަށީގެންވާކަމަށެވެ. އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް