ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 23:50
ލަނޑުޖެހުމަށްފަހު އިންޑިޔާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް
ލަނޑުޖެހުމަށްފަހު އިންޑިޔާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް
އަންޑަރ20 ސާފް ޗެމްޕިއަންޝިޕް
އިންޑިޔާއިން ނޭޕާލް ކޮޅަށް 8 ގޯލް!
 
ފައިނަލްގެ ފުރުޞަތު އިންޑިޔާ، ނޭޕާލް އަދި ބަނގްލަދޭޝްއަށް އެބައޮތް

އިންޑިޔާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިޔާއިން ނޭޕާލް ކޮޅަށް އަށް ގޯލް ޖަހައިފިއެވެ.

ރާއްޖެއާއި ސްރީލަންކާ އަތުން މޮޅުވި ނޭޕާލް ކޮޅަށް އިންޑިޔާއިން ޖެހި އަށް ގޯލާއެކު ފައިނަލްގެ ފުރުޞަތު އިންޑިޔާއިންވެސް ވަނީ ބޮޑުކޮށްފައެވެ. ބަނގްލަދޭޝްއާއި ނޭޕާލަށްވެސް އަދިވެސް ފުރުޞަތު އެބައޮތެވެ. މެޗުގައި އިންޑިޔާގެ ދެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. އެއީ ޓައިސޮންއާއި, ޕާތިބްއެވެ. އެހެން ލަނޑުތައް ޖެހީ ހިމާންޝޫ, ޓަންކަދަރު, ގުރުކިރާތު އަދި އިތުރު ވަގުތުގައި ޝުބޯއެވެ. ފައިނަލްގެ ޖާގަ ޔަޤީންކުރަން ފަހު މެޗުގައި އަންގާރަ ދުވަހު އިންޑިޔާ ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ރާއްޖެއަށް ފައިނަލަށް ދިއުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ.

ނޭޕާލުން ވަނީ މުބާރާތުގައި ރާއްޖެއާއި ސްރީލަންކާ ބަލިކޮށްފައެވެ. ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ބަނގްލަދޭޝްއާއެވެ. ބަނގްލަދޭޝް ވަނީ އިންޑިޔާއާއި, ރާއްޖެ އަދި ސްރީލަންކާ ބަލިކޮށްފައެވެ. ފައިނަލުން ޖާގަ ހޯދަން ބަނގްލަދޭޝްއަށް ބޭނުންވަނީ ޕޮއިންޓެކެވެ. ނޭޕާލަށް ޖެހޭނީ މެޗުން މޮޅުވާށެވެ. އިންޑިޔާއަށް އޮތީ ރާއްޖެ ބަލިކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް