ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 18:57
ސްރީލަންކާ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ސާފް
ސްރީލަންކާ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ސާފް
އަންޑަރ20 ސާފް ޗެމްޕިއަންޝިޕް
ރާއްޖެއަށް ސްރީލަންކާ އަތުންވެސް ސަލާމަތެއް ނުވެވުނު، ފައިނަލްގެ ފުރުޞަތެއް ނެތް!
 
ރާއްޖެއާއި ލަންކާއަށްވެސް ފައިނަލްގެ ފުރުޞަތެއް ނެތް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ސްރީލަންކާ އަތުންވެސް ސަލާމަތް ނުވެވި, ފައިނަލްގެ ފުރުޞަތުވެސް މުޅިން ބަންދުވެއްޖެއެވެ.

މުބާރާތުގައި ފުރަތަމަ ދެ މެޗުން ބަލިވެފައި ވަނިކޮށް, ތިންވަނަ މެޗުގައި ސްރީލަންކާ އަތުންވެސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މެޗު އެއްވަރުވީ 1-1 ނެވެ. އައިހަމް ހަމްދޫންގެ ލަނޑުން ރާއްޖެ ލީޑް ނެގިއެވެ. އެކަމަކު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސްރީލަންކާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރީއެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 4-0 ން އަދި ދެވަނަ މެޗުގައި ބަނގްލަދޭޝް އަތުން 4-1 ން ބަލިވެފައެވެ. ސްރީލަންކާ ވަނީ ބަނގްލަދޭޝްއާއި, ނޭޕާލާއި, އިންޑިޔާ އަތުން ބަލިވެފައެވެ. ސްރީލަންކާއަށް މުބާރާތުގައި އިތުރު މެޗެއް ނެތެވެ.

ފައިނަލްގެ ދެ ޖާގައަށް ވާދަކުރަމުން ދަނީ ނޭޕާލާއި, ބަނގްލަދޭޝްއާއި, އިންޑިޔާއެވެ. މުބާރާތަށް ރާއްޖެ ފުރީ ފައިނަލްގައި ކުޅުމުގެ އުއްމީދުގައެވެ. ބާކީ ރާއްޖެއަށް އޮތީ އިންޑިޔާ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް