Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 10:59
ކަރަންޓް ކެނޑުމުގެ މައްސަލަ
ކަރަންޓް ކެނޑުމުގެ މައްސަލަ
ރާއްޖެއެމްވީ
ކަރަންޓް ކެނޑުމުގެ މައްސަލަ
ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން: ސްޓެލްކޯ
ކަރަންޓް ކެނޑިފައިވަނީ އެއް ގަޑި އިރަށް
މާލޭގައި ކަރަންޓް ދިނުމަށް 27 ޖަނަރޭޓަރު ބެހެއްޓިފައިވޭ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި ވަނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ، ބުރާސްފަތި ދުވަހު، ހެނދުނު، 09:00 ހާއިރު ކަރަންޓް ކެނޑިފައިވަނީ، ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ހެނދުނު ކަރަންޓް ކެނޑުނު އިރު މާލޭގެ ހަތަރު ބައިކުޅަ އެއް ބައިން ކަރަންޓް ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ކެނޑުމަށް ފަހު، ކަރަންޓް އެނބުރި އައިސްފައި ވަނީ، އެއް ގަޑި އިރު ފަހުންނެވެ.

ކަރަންޓް ކެނޑުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ދިމާވަމުންނެވެ.

އެގޮތުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ. އެފަހަރު ކަރަންޓް ކެނޑިފައި ވަނީ އަލަށް ބެހެއްޓި އަށް މެގަވޮޓްގެ ޖަނަރޭޓަރު ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އާ ޖަނަރޭޓަރު ސެޓް ނިވުމުން، އިތުރު ބައެއް ޖަނަރޭޓަރު ވެސް ނިވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެރޭ ތިން ގަޑި އިރަށް ކަރަންޓް ވަނީ ކެނޑިފަ އެވެ.
މާލޭގެ ކަރަންޓްގެ ހިދުމަތް ހަރުދަނާކޮށް ފެންވަރު ރަގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން އޭޑީބީގެ އެހީގައި ބެހެއްޓޭ އާ ޖަނަރޭޓަރާ އެކު ސްޓެލްކޯއިން މާލެއަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޖަނަރޭޓަރުގެ އަދަދު 27 އަރައެވެ.

މި ގެނެވުނު ޖެނެރޭޓަރުތަކުން ޖުމުލަ 72 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ.

އިތުރު ޖަނަރޭޓަރެއް ގެނެސްފައިވާ އިރު، މިފާއިތުވެދިޔަ ދުވަސްތަކުގައި މާލޭގެ ކަރަންޓުގެ ނިޒާމަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ، ކަރަންޓް ކެނޑިގެން ގޮސްފައިވެ އެވެ. މިކަމުގެ ސަބަބުން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް