ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 11:31
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކުލަބު
ދެވަނަ ޑިވިޝަން
ބުރު ސެމީއާއި ގާތަށް
 
ބުރުން މެޗު ކާމިޔާބުކުރީ 1-0ން
 
ގްރޫޕުގެ އެއްވަނާގައި ބުރު އޮތީ ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްގެން ލިބުނު 15 ޕޮއިންޓާއެކު

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ބުރު ސްޕޯޓްސް ކްލަބު ޖެހިލައިފިއެވެ.

މުބާރާތުގެ އެއްވަނަ ގްރޫޕުގައި ރޭ ބުރުން ނިކުތީ ޓެންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި މެޗު ބުރުން ކާމިޔާބުކުރީ 1-0ންނެވެ. ބުރުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ބްރޫނޯ އަރާބަލް ޕަސަމަނީއެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ އެއްވަނާގައި ބުރު އޮތީ ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްގެން ލިބުނު 15 ޕޮއިންޓާއެކުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން ބުރަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕް ސްޓޭޖުގައި ބުރަށް ބާކީ ދެމެޗު އެބައޮތެވެ.

ގްރޫޕްގެ ދެވަނާގައި ނުވަ ޕޮއިންޓާއެކު އޮތީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ. ތާވަލުގެ ތިންވަނާގައި ހަ ޕޮއިންޓާއެކު ޖޭޖޭ ސްޕޯޓްސް ކްލަބު އޮތްއިރު، ހަތަރު ވަނާގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާއި، ފަސްވަނާގައި އޮތް ފަސްވަނާގައި އޮތް ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން ހަވަނާގައި އޮތް ކްލަބް ޕީކޭ އަދި ހަތްވަނާގައި އޮތް ބިސްބުރު ސްޕޯޓްސް ކްލަބަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް