Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 04:31
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
ރާއްޖެއެމްވީ
އިޖުރާއަތުގެ ބިލް
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު
ޖިނާއީ އިޖުރާއަތުގެ ބިލަށް ބަހުސްކުރަން މަޖިލީހުގެ ރައީސް ގަސްތުގައި ފުރުސަތު ނުދެއްވީ
ޖިނާއީ އިޖުރާއަތުގެ ބިލްގައި ބޮޑެތި ކަންބޮޑުވުންތައް އެބަހުރި

ޖިނާއީ އިޖުރާއަތުގެ ބިލް ހުށަހަޅާފައި އޮތީ ނުރައްކާތެރި ގޮތަކަށް ކަމަށާއި އެ ބިލް އަނބުރާ ގެންދަން ސަރުކާރަށް މަޖުބޫރުވީ ޕީޕީއެމްގައި ތިއްބެވި އިހްލާސްތެރި މެމްބަރުންކޮޅެއްގެ ސަބަބުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އެ ބިލްގައި ވަރަށް ބޮޑަށް ކަންބޮޑުވާ އިސްލާހުތައް ހުރި ކަމަށެވެ. އެގޮތުން ދައުލަތާ ދެކޮޅަށް އަމަލެއް ކުރުމަކީ ޖިނާއީ އެންމެ ބޮޑު ކުށެއްގެ ގޮތުގައި ހަމަޖެއްސުމާއި އަދި ފުލުހުން ފިޔަވައި، ގާނޫނު ތަންފީޒު ކުރާ ދައުލަތުގެ ކޮންމެ މުއައްސަސާއަކަށްވެސް ކޯޓް އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭނެ ގޮތަށެވެ.

"އަޅުގަނޑުމެންގެ ގެއަށް ވަދެ، އަލަމާރިތަކާއި ތިޖޫރީތަކާއި، ފާސްކުރުމުގެ ބާރު ކޯޓް އަމުރަކާއި ނުލާ އޭރުން ލިބޭ" ކުރިން ޕީޕީއެމްގައި ހުންނެވި އަމީތު ވިދާޅުވިއެވެ.

ބިލް އޮތް ގޮތަށް ފާސްކުރި ނަމަ، ހޯމް މިނިސްޓަރު އަޒްލީންވެސް ވަޑައިގެން ކޮންމެ ގެއެއްވެސް ފާސްކުރެއްވޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"މިކަންކަމަކީ ގަބޫލްކުރެވޭނޭ ކަންކަން ނޫން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ނުރައްކާތެރި ގޮތަކަށް ބިލް ފަރުމާކޮށްފައި އޮތްއިރު، އެކަމުން ސަލާމަތް ވެގެން ދިޔައީ އަމީތު ވިދާޅުވި ގޮތުގައި، އިންސާފަށް ލޯބިކުރައްވާ މަދު ބޭފުޅުން ކޮށްޅެއް ޕީޕީއެމްގެ މަޖިލީސް މެންބަރުންގެ ގޮތުގައި ތިއްބެވުމުންނެވެ.

"ބިލް އެ އޮތްގޮތަށް ފާސްނުވީ އެ މަދު ބޭފުޅުންކޮޅުގެ އިޚްލާސްތެރިކަމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

 

އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް ކުރިއަށް ގެންދިޔަ މި ބިލަށް ބަހުސްކުރަން ފުރުސަތު ނުދެއްވައި ނިންމާލެއްވީ، ފުރުސަތު ބޭނުންވާ މެމްބަރަކު ނެތް ކަަމަށް ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް، އެ ފުރުސަތެއް ރިޔާސަތުން މެމްބަރުންނަށް ނުދެއްވަ އެވެ.

 

މެމްބަރުންނަށް ބަހުސްކުރަން ފުރުސަތު ނުދެއްވިއިރު، ޕީޕީއެމްގެ މެމްބަރުން އިތުރަށް ކަންބޮޑުވެ، ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހުށަހަޅާފައިވާ އަދަދަށް ވުރެ ގިނައިން ބިލްގައި އިސްލާހުތައް ހުރުމުން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމްގެ މެމްބަރުން ވެސް އަޑުގަދަ ކުރެއްވިއިރު، ކުރިން ނެތް އިސްލާހުތަކެއް މަޖިލީހުގައި ކުރިއަށް ގެންދިއުމަކީ ބޮޑު ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ތިއްބެވީ އެ ބޭފުޅުން ޕާޓީން ބޭރުކުރެއްވިޔަސް، ޖިނާއީ އިޖުރާއަތުގެ ބިލް ފާސްނުކޮށްދޭ ގޮތަށް ކަމަށް އަމީތު ވިދާޅުވި އެވެ. މެމްބަރުންގެ މި ހިތްހަމަ ނުޖެހުމުގެ ތެރޭގައި ބައެއް މެމްބަރުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ގުޅުއްވުމުން، އެ މަނިކުފާނު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ބައެއް މެމްބަރުން ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް