ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 18:26
ޑެނީ ކަވަހާލް، ރެއާލްގެ ފަރިތަކުރުންތަކުގައި
ޑެނީ ކަވަހާލް، ރެއާލްގެ ފަރިތަކުރުންތަކުގައި
މާސާ
ރެއާލްއިން އަންނަ ސީޒަނަށް ތައްޔާރުވުން
ކަވާހަލް އެނބުރި ފަރިތަކުރުންތަކަށް
ޕްރީ ސީޒަންގައި ރެއާލްގެ ފަހު މެޗުގައި އެކްލަބު ނިކުންނާނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް

އަނިޔާއިން ސަލާމަތްވެ، ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ޑިފެންޑަރު ޑެނީ ކަވާހަލް ބައިވެރިވާން ފަށައިފިއެވެ.

ކަވާހަލް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ވަނީ ކަވަހާލްއަށް ކުރިއަށް އޮތް ޕްރީ ސީޒަން މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޕްރީ ސީޒަންގައި ރެއާލްގެ ފަހު މެޗުގައި އެކްލަބު ނިކުންނާނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ. ރެއާލްއިން މި މެޗަށް ތައްޔާރުވަމުން އަންނަނީ އެމެރިކާގެ ލޮސް އޭންޖެލެސްގައި ހުންނަ ޔޫސީއެލްއޭ ފެސިލިޓީގައެވެ.

ކަވާހަލް އެނބުރި ޓީމާއި ގުޅުނުއިރު، ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރާ ލުކަ މޮޑްރިޗްއަށް ޔުވެންޓަސް މެޗުގައި ކުޅެވޭނެކަން ޔަގީނެއް ނޫނެވެ. ހުން އައުމުގެ ސަބަބުން މޮޑްރިޗްއަށް މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވެއެވެ. ނަމަވެސް ކޮވިޑަށް ނެގެޓިވްވެފައި ވާތީ ހުން ރަނގަޅުވެއްޖެނަމަ ޔުވެންޓަސް މެޗުގައި އޭނާއަށް ކުޅެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންވެސް ތިބީ ޔުވެންޓަސް މެޗަށް ތައްޔާރަށެވެ. ޔުވެންޓަސްއާ ރެއާލް ބައްދަލުކުރާ ރަހުމަތްތެރިކަމުގެ މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ.

- ކޮމެންޓް