ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 07:26
ޗައިނާގެ ވުހާން
ޗައިނާގެ ވުހާން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ވުހާންއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއެކު އެއްމިލިއަން މީހުން ލޮކްޑައުންގައި
ވުހާންގެ ބަޔަކުން ހަތަރު މީހުން ކޮވިޑް-19ށް ވަނީ ޕޮޒިޓިވްވެފައި
ޖިއަންގްޒިއާ އަވަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ކުރިޔަށް އޮތް ތިން ދުވަހު ގޭގައި ތިބުމަށް އަންގާފައި

އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްތައް ފެނުނު ޗައިނާގެ ވުހާންގެ ބަޔަކުން ހަތަރު މީހުން ކޮވިޑް-19ށް ޕޮޒިޓިވްވުމާއެކު އެސަރަހައްދު ލޮކްޑައުންކޮށްފިއެވެ.

މިސަރަހައްދުގައި މިލިއަނެއްހާ މީހުން ދިރިއުޅެއެވެ. ވުހާންގެ ޖިއަންގްޒިއާ އަވަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ކުރިޔަށް އޮތް ތިން ދުވަހު ގޭގައި ތިބުމަށް އަންގާފައެވެ. ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގައި ހިމެނެނީ ގިނަ އަދަދެއްގެ ބަޔަކު ޓެސްޓްކުރުމާއި، އައިސޮލޭޓްވުމާއި ލޮކްޑައުންއެވެ. މިސިޔާސަތަށް މިހާރުވެސް ޗައިނާއިން އަމަލުކުރަމުން ދިޔުމުގެ ނަތީޖާއަކީ އެހެން ގައުމުތަކާ ޚިލާފަށް އެގައުމުގައި މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމެވެ.

ނަމަވެސް މިސިޔާސަތުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫވެ ވިޔަފާރިތައް ހުއްޓުމަކަށް އަންނާތީ މިސިޔާސަތާ ޗައިނާގެ އެތެރޭގައި ދެކޮޅު ހަދާ މީހުން ވަނީ އިތުރުވެފައެވެ.

12 މިލިއަން މީހުން ދިރިއުޅެމުން އަންނަ ވުހާން އިން އަލާމާތްތައް ނުފެނި ދެ މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މީގެ ދެދުވަސްކުރިން ހެދި ޓެސްޓްތަކަކުންނެވެ. އިތުރު ދެ ކޭސް ފެނުނީ އެކޭސްތަކާއި ގުޅިގެން ކުރިޔަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިންނެވެ. އެއާއެކު އެސަރަހައްދު އެއްކޮށް ލޮކްޑައުންކުރުމަށް ވަނީ ނިންމާފައެވެ.

ވުހާން އަކީ އެންމެ ފުރަތަމަ ކޮވިޑް-19 ވައިރަސް ފެނުނުތަން ކަމަށްވާއިރު މިހަފްތާގެ ކުރީކޮޅު ސައިންސްވެރިން ބުނެފައިވަނީ ކޮވިޑް-19 ވައިރަސް ފެތުރުނު މައި ތަނަކީ ވުހާންގެ ސީފުޑް މާރުކޭޓް ހުރި ސަރަހައްދުކަން ކަށަވަރުކުރެވޭ ވަރުގެ ހެކި ލިބިފައިވާކަމަށެވެ.

އެއް ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފުރަތަމަ ފެނުނު ކްލަސްޓަރ އަކީ މާރުކޭޓާ ގުޅުންހުރި ކްލަސްޓަރއެވެ. މިދިރާސާއިން ލަފާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަސް ނުވަތަ ޑިސެމްބަރ މަހުގެ ތެރޭގައި އިންސާނުންނާ ހަމައަށް ކޮވިޑް-19ގެ ދެ ވޭރިއަންޓެއް ވަނީ ގޮސްފައެވެ.

ޗައިނާއިން މިހާތަނަށް 2.2 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެޤައުމުން 14،720 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

- ކޮމެންޓް