Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 23:32
އެމްއެންޑީއެފާއި މިއަދު ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފާއި މިއަދު ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި
އެމްއެންޑީއެފާއި ހަވާލުކޮށްފައި ވަނީ އަލިފާން ނިއްވާ 70 ޕަންޕް ސެންޓާއި 4 ފޯކްލިފްޓް

ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ސާމާނު މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެމްއެންޑީއެމްސީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފާއި ހަވާލުކޮށްފައި ވަނީ އަލިފާން ނިއްވާ 70 ޕަންޕް ސެންޓާއި 4 ފޯކްލިފްޓްއެވެ.

 އެމްއެންޑީއެފުން ބުނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެމްއެންޑީއެފާއި  ހަވާލުކުރި ތަކެއްޗަކީ  ރާއްޖެއަށް ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ އިކުއިޕްމަންޓްސް ތަކެއްކަމަށެވެ. 

އަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަކެއްތި އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ތަސްނީމް އެވެ. އެމްއެންޑީއެފްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ޢަބްދުﷲ ޒުޙުރީ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން މިއަދު އެމްއެންޑީއެފާއި ހަވާލުކުރެވުނީ ފުރަތަމަ ފިޔަވަހީގެ ފުރަތަަމަ ޝިޕްމަންޓާއި ދެވަނަ ޝިޕްމަންޓުގެ ދަށުން ލިބިފައިވާ ތަކެއްޗެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 9.9 މިލިއަން އެމެރިކާގެ ޑޮލަރަށް އަރާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް