ކ. މާލެ
|
27 ޖުލައި 2022 | ބުދަ 21:54
ކޮންޑޭ ބާސެލޯނާއަށް ބަދަލުވާން ނިންމުން
ކޮންޑޭ ބާސެލޯނާއަށް ބަދަލުވާން ނިންމުން
ޓްވިޓާ / ފެބްރީޒިއޯ ރޮމާނޯ
ބާސެލޯނާއިން ކޮންޑޭ ހޯދުން
ކޮންޑޭ ބާސެލޯނާއަށް
ކޮންޑޭ ބާސެލޯނާއަށް ގެންދިއުމުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ދައުރު ބޮޑު

ސެވިއްޔާއަށް ކުޅެމުން އައި ޖޫލްސް ކޮންޑޭ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ސެވިއްޔާއާއެކު ކޮންޑޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ސެވިއްޔާގައި އޭނާއަށް އަހަރަކު 25 މިލިއަން ޔޫރޯ ލިބެއެވެ. ނަމަވެސް މި ސަމަރ ޓްރާންސްފަރ މާކެޓުގައި ޗެލްސީން ވަނީ އޭނާ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ބާސެލޯނާއިން ކޮންޑޭ ހޯދީ ޗެލްސީން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ބާސެލޯނާއިން މިހާރު ވަނީ ސެވިއްޔާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި މި ޓްރާންސްފާގައި މިހާރު ބާކީ އޮތީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުންކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮންޑޭ ވަނީ މިދިޔަ އާދީއްތަ ދުވަހު ބާސެލޯނާއާއެކު ޕާސަނަލް ޓާމްސްތަކުގެ އެއްބަސްވުމެއް ހަދާފައެވެ.

ކޮންޑޭ ބާސެލޯނާއަށް ގެންދިއުމުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ދައުރު ބޮޑެވެ. ޒަވީ ވަނީ ކޮންޑޭ ހޯދުމަށް ހޮނިހިރު ދުވަހު ކުރި މަޝްވަރާތަކުގައިވެސް ބައިވެރިވެފައެވެ.

- ކޮމެންޓް