ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 23:51
ބްރެޒިލްގެ ތަރި ނޭމާ
ބްރެޒިލްގެ ތަރި ނޭމާ
ރޮއިޓަސް
ބްރެޒިލް ވޯލްޑް ކަޕަށް ތައްޔާރުވުން
ޒުވާން ކުޅުންތެރިންނާއެކު ނޭމާއަށް އޮންނަ ޕްރެޝަރ ކުޑަވާނެ
ބްރެޒިލްގެ އަމާޒުހުރީ ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް

ބްރެޒިލްގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ސަބަބުން އެޓީމުގެ ތަރި ނޭމާ ޖޫނިއަރއަށް އޮންނަ ޕްރެޝަރ ކުޑަވާނެކަމަށް ޓީމުގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ހަވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަމާޒުގައި އޮތް ބްރެޒިލްގެ ކޯޗު ބުނީ ޒުވާން ކުޅުންތެރިންގެ ސަބަބުން މިއަހަރުގެ ފަހުކޮޅު އޮންނަ ވޯލްޑް ކަޕުގައި ނޭމާއަށް އޮންނަ ޕްރެޝާ ކުޑަވާނެ ކަމަށެވެ. ބްރެޒިލްގައި އަރަމުން އަންނަ ތަރިންގެ ތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނީޝިއޫސް ޖޫނިއަރ އަދި ރޮޑްރީގޯގެ އިތުރުން ބާސެލޯނާގެ ރަފީނިއާ އާއި ޓޮޓެންހަމްއަށް ކުޅެމުން އަންނަ ރިޗާލިސަން އަދި އެތުލެޓިކޯ މެޑްރިޑްގެ މެތިއަސް ކުންހާ ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި ހުރިހާ ކުޅުންތެރިންނަކީވެސް 25 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ޓީޓޭ ގަބޫލުކުރާ ގޮތުގައި މި ކުޅުންތެރިންގެ ސަބަބުން، އުމުރުން 30 އަހަރުގެ ނޭމާއަށް އޮންނަ ޕްރެޝަރ ކުޑަވެގެންދާނެއެވެ. މިހާތަނަށް ނޭމާއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި ޓީމު ސްކޮޑުގައި 26 ކުޅުންތެރިން ހިމެނޭނެއެވެ. މީގެ އިތުރުން ކުރިން ތިން ބަދަލު ގެނެވުނަސް މިފަހަރުގެ ވޯލްޑް ކަޕްގައި ފަސް ބަދަލު ގެނެވޭނެއެވެ. މިއީ އައު ކުޅުންތެރިންގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ޓީޓޭ ފާހަގަކުރިއެވެ.

- ކޮމެންޓް