ކ. މާލެ
|
24 ޖުލައި 2022 | އާދީއްތަ 19:23
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވްއާއި މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކްރީ
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވްއާއި މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކްރީ
އީޕީއޭ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާއިން އަރަބި ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތްކުރަނީ
ޔޫކްރެއިނާއި ރަޝިޔާގައި އެކްސްޕޯޓްނުކުރެވި ހުރި ގޮވާން ބޭރުކުރެވޭތޯ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވަނީ ފަށާފައި

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް މިވަގުތު ހުންނެވީ މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ގާހިރާގައެވެ. މި ދަތުރުފުޅުގައި، ކައިރޯގަ ހުންނަ އަރަބި ލީގުގެ މައި މަރުކަޒަށް ވަޑައިގެން ލީގުގެ ބައްދަލުވުމެއްގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ލަވްރޯވްގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޔޫކްރެއިން ހަގުރާމައާ ގުޅިގެން ގައުމުތަކުން ރުޅިއައިސްފައި ތިބި މިވަގުތުގައި، އަރަބި ގައުމުތަކުގެ ސަޕޯޓް ރަޝިޔާއަށް ލިބޭތޯ ބެއްލެވުމެވެ.

ލަވްރޯވް އާދީއްތަ ދުވަހު ވަނީ މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކްރީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. ރަޝިޔާއަކީ މިސްރަށް ގަވާއިދުން ގޮވާމާއި ހަތިޔާރު ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އަދި ޔޫކްރެއިން ހަނގުރާމަ ފެށުމާހަމައަށް ރަޝިޔާގެ ގިނަ އަދަދެއްގެ ޓުއަރިސްޓުންވެސް މިސްރަށް ދަތުރުކުރެއެވެ.

އެފްރިކާގެ ބައެއް ގައުމުތަކަށް ލަވްރޯވް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި; އިތިއޯޕިއާ، ޔުގެންޑާ އަދި ކޮންގޯ، އަދި ބްރެޒީލަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

އެފްރިކާގެ ގައުމުތަކަށް އެތެރެކުރާ ގޮވާމުގެ 40 އިންސައްތައަކީ ރަޝިޔާއާއި ޔޫކްރެއިނުން އެތެރެކުރާ ގޮވާމެވެ. އެހެންކަމުން ޔޫކްރެއިން ހަނގުރާމަ ފެށުމާގުޅިގެން މި ގައުމުތަކަށްވެސް ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައެވެ. މިސްރަށް 2019 ވަނަ އަހަރު އެކަނިވެސް 3.62 މިލިއަން ޓަނުގެ ގޮދަން ޔޫކްރެއިނުން އިމްޕޯޓްކޮށްފައިވެއެވެ.

- ކޮމެންޓް