Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 16:14
 އެމްޔޫއޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރު އާދަމް އާޒިމް
އެމްޔޫއޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރު އާދަމް އާޒިމް
ޓްވިޓަރ
އާދަމް އާޒިމް
މުއްދަތު ޖަހަން ނުގެންގޮސް ފުލުހުން އާޒިމް ދޫކޮށްލައިފި
އާޒިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި
ބަންދުކުރިއަސް ހިތްވަރު ދޫނުކުރާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައި

ފުލުހުން ހައްޔަރުކޮށްފައިވާ އެމްޔޫއޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ނުގެންގޮސް ފުލުހުން އޭނާ ދާދި ދެންމެ ދޫކޮށްލައިފި އެވެ.

 

ސަރުކާރު ބަދަލުކުރަން ހިތްވަރު ދޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހްމަތުގައި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ، އާޒިމް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އޭނާ ކޯޓަށް ގެންގޮސް ބަންދަށް ޖެހި ހަ ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

 

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

 

ބަންދުން ދޫކޮށްލުމުން މީޑިއާއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކިތަންމެ ވަރަކަށް ޖަލައްލައި އަދަބު ދިނަސް، ހައްގު ބަސް ބުނުން ނުހުއްޓުވޭނެ ކަމަށެވެ.

 

"އެކަން އެގޮތަށް ގަބޫލުކުރުމަކީ ކުށް ހީއެއް،" އޭނާ ވިދާޅުވި އެވެ.

 

އާޒިމްގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

 

ތަފްސީލް އަންނަނީ...

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް