ކ. މާލެ
|
20 ޖުލައި 2022 | ބުދަ 20:31
ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022
ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022
ރާއްޖެއެމްވީ
ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022
ހިރިމަރަދޫ ޑޮމިނޭޓަރސް ފުޓްސަލް ކަޕް ފަށައިފި
ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް ޔެޓީ
ފުރަތަމަ މެޗުން މޮޅުވީ ހަރިކޭން

ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓަރސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022 ފަށައިފިއެވެ.

ހަތަރު ޓީމު ބައިވެރިވާ މި މުބާރާތް ފަށާފައިވަނީ ބުދަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވަނީ އެފްސީ ހިރި، ޔެޓީ އަދި ހަރިކޭންގެ އިތުރުން ޓީމް ރޯޔަލްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ހިރި އާއި ހަރިކޭންއެވެ. މި މެޗު 5 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ ހަރިކޭންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހަރިކޭންގެ އަލީ ރިފްޢަތުއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް ރޯޔަލް އާއި ޔެޓީއެވެ. މި މެޗު 5-2ން ކާމިޔާބުކުރީ ޓީމް ޔެޓީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔެޓީގެ އަޙްމަދު މުޙައްމަދުއެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަރިކޭން އާއި ޔެޓީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހިރި އާއި ޓީމް ރޯޔަލްއެވެ.

މި މުބާރާތުގެ މަޤްޞަދަކީ ފުޓްސަލްކުޅުމަށް މޮޅު ކުޅުންތެރިންތަކެއް ހިރިމަރަދޫގައި އުފެއްދުމާއި ރަށުގެ ޒުވާނުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކުރުންކަމަށް އެކްލަބުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް