Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 13:57
ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން
ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން
އަޒުމޫން އަހުމަދު
ތެލުގެ ޑިއުޓީ ކުޑަކުރުން
ތެލުގެ ޑިއުޓީ ކަނޑާލުމަށް ސަރުކާރުގެ މެމްބަރުން ތާއިދެއް ނުކުރި!
ތެލުގެ ޑިއުޓީ ސުން ޕަސެންޓުގައި ހުއްޓާ 10 ޕަސަންޓަށް އިތުރުކުރީ ރައީސް ޔާމީންގެ ސަރުކާރުން
ތެލުގެ ޑިއުޓީ 10 ޕަސަންޓުން 5 ޕަސަންޓަށް ދަށްކުރަން ނިންމީވެސް މި ސަރުކާރުން
ކުރިހުރިގޮތަށް ސުން ޕަސަންޓަށް ތިރިކުރާކަށް މިސަރުކާރުން ބޭނުމެއް ނުވި

ތެލުގެ ބާވަތްތަކުން ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހަށް ސަރުކާރުގެ މެމްބަރުން ތާއިދު، ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން ފާސްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެރިކަމަށް ވަޑައިގެން ތެލުގެ ބާވަތްތަކުގެ ޑިއުޓީ 10 ޕަސެންޓަށް އޮތީ ބޮޑުކޮށްފަ އެވެ. މަޖިލީހުން މިއަދު ފާސްކުރީ ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށެވެ.

މި ބިލަށް އެމްޑީޕީން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ތެލުގެ ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށެވެ. ތެލުގެ ޑިއުޓީ ސުން ރޭޓަށް ހަމަޖެއްސުމަށް 30 މެމްބަރުން ވޯޓް ދެއްވިއިރު، ސުން ރޭޓަށް ހަމަޖެއްސުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 41 މެމްބަރުން ވޯޓް ދެއްވި އެވެ.

މި އިސްލާހު ފެއިލްވުމާއެކު، ސަރުކާރުން ހުށަހެޅި ގޮތަށް ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށް މަޖިލީހުން ފާސްކުރީ 73 މެމްބަރުންގެ އިއްތިފާގުންނެވެ.

ތެލުގެ ޑިއުޓީ ސުން ރޭޓަށް ކުޑަ ނުކުރާތީ އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް