ކ. މާލެ
|
17 ޖުލައި 2022 | އާދީއްތަ 20:04
ކުރުނބާ ފެނަކީ ސިއްހީގޮތުން ބަލާއިރު ރައްކާތެރި، ފައިދާހުރި ބުއިމެއް
ކުރުނބާ ފެނަކީ ސިއްހީގޮތުން ބަލާއިރު ރައްކާތެރި، ފައިދާހުރި ބުއިމެއް
ގެޓީ އިމޭޖަސް
ކޮވިޑް ފަރުވާ
ލޯންގ ކޮވިޑްއާއި ކުރުނބާ
 
ރާއްޖޭގައި ކޮވިޑް-19 ޖެހުނު 183،491 މީހުންނަށް ކުރުނބާ ފެނުން ރާހަތްކުރޭތޯ ބެލުން މުހިންމު

ކޮވިޑް 19 ބައްޔަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވި ޕެންޑަމިކްއަކަށް ވާއިރު ރާއްޖޭގައިވެސް މިހާރު މިވަނީ 183،491 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިބައްޔަކީ ޖެހިފައި ރަނގަޅުވިއަސް އަދި އެއިން މުޅިން ސަލާމަތްވާ ބައްޔެއް ނޫނެވެ. ފުރަތަމަ ފެންނަ، ބަލީގެ ސީދާ އަލާމާތްތައް ފިލުމަށްފަހު އިތުރު ކަންތައްތަކެއް ކުރިމަތިވެއެވެ. ގަދަޔަށް ކެއްސައެވެ. އަވަހަށް ވަރުބަލިވެއެވެ. ނިދި ގިނަވެއެވެ. އާންމު ސިއްހަތު ދައްކޮށްލުމާއެކު ޑެންގޫފަދަ އެހެންވެސް ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭލެއް އަވަސްމެއެވެ. މިކަންކަމަށް ކިޔަނީ ލޯންގ ކޮވިޑެވެ.

މިހުރިހާ ކަމެއްގައިވެސް ޑަކްޓަރަށް ދެއްކުމުން ދެއްވާ އެއް ނަސޭހަތެއް އޮވެއެވެ. "ބްލަޑް ކައުންޓް މަތިވޭތޯ ބަލާށެވެ." ބްލަޑް ކައުންޓް މަތިކުރެވޭނެ އެއްގޮތަކީ ސިއްހީގޮތުން ރައްކާތެރި ދިޔާތަކެތި ގިނައިން ބޭނުންކުރުމެވެ. ތައްޔާރީ ޖޫސްހާއި ފުޅިއާއި ދަޅުގައި ހުންނަ ބުއިންތަކުގައި ހަކުރު، ކުލަ، އަދި ޕްރިޒަރވޭޓިވް އެކުލެވޭއިރު، ކުރުނބާ ފެނަކީ ގުދުރަތީގޮތުން އެންމެ އެކަށޭނަގޮތަށް ތައްޔާރަށް ހުންނަ ބުއިމެކެވެ. އެހެންކަމުން މިކަމަށް އެންމެ ރަނގަޅު ބުއިމަކީ ކުރުނބާ ފެނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންނަށްވެސް ކުރުބާފެން ދޭން އަންގަނީ މިސަބަބަށްޓަކައެވެ.

އެކި ދިރާސާތަކުން ހާމަވެފައިވާގޮތުގައި، ކޮވިޑް 19 ޖައްސާ ވައިރަހަކީ ހަށިގަޑުގެ އެތެރޭގެ ގުނަވަންތަކަށް ގެއްލުންތަކެއް ކުރުވާ ވައިރަހެކެވެ. ހިތަށެވެ. ކިޑްނީ އަށެވެ. ފުއްޕާމެޔަށެވެ. ނާރު ތަކަށެވެ. ބަލިޖެހިފައި މަރުނުވެ ސަލާމަތްވިޔަސް، ލިބުނު ގެއްލުންތައް ދެމިހުރެއެވެ. މުޅިދުނިޔޭގައިވެސް ކޮވިޑް 19 ޖެހިގެން މަރުވާ މީހުންގެ ތެރޭގައި، ސީދާ އެބަލީގައި މަރުވާ މީހުންނަށްވުރެ، ބަލިން ރަނގަޅުވުމަށްފަހުވެސް ވައިރަހުގެ ސަބަބުން އެތެރޭގެ ގުނަވަންތަކަށް ލިބުނުގެއްލުން ތަކުން ދިމާވާ އެކިއެކި ކަންކަމުގައި މަރުވާ މީހުން މާގިނައެވެ. ހާރޓް އެޓޭކް ޖެހިގެންނެވެ. ކިޑްނީ ފެއިލް ވެގެންނެވެ. ސްޓްރޯކް ޖެހިގެންނެވެ. އަދި ފުއްޕާމެޔަށާއި ނޭވާލުމުގެ ނިޒާމަށް ދިމާވާ ސީރިއަސް ކަންކަމުގައެވެ. މިއީ ލޯންގ ކޮވިޑަށް ރަނގަޅަށް ފަރުވާނުކުރެވި ދޫކޮށްލެވޭތީ ވާގޮތެއްކަމަށް ޑަކްޓަރުން ވިދާޅުވެއެވެ.

ރާއްޖޭގައިކޮވިޑް 19 ޖެހިފައިވާ އެއްލައްކަ އަށްޑިހަ ތިންހާސް މީހުންގެ ތެރޭގައިވެސް ލޯންގ ކޮވިޑްގެ ސަބަބުން ބަލިހާލުގައި އުޅޭނެ މީހުން ވަރަށް ގިނަވާނެކަމަށް ބެލެވެއެވެ. މިކަމަށް ރަނގަޅަށް ފަރުވާނުކުރެވިއްޖެނަމަ ދެރަ ގޮތެއް ދިމާވެދާނެއެވެ. 

ރުއް - އިތުރުކުރަން ޖެހިފައިވާ އެއްޗެއް

ހިތާމަޔަކީ ބޭނުންވާ ވަގުތު ހެޔޮއަގެއްގައި މާލޭގެ ކޮންމެ ތަނަކުން ކުރުނބާ ގަންނަން ނުލިބުމެވެ. މިއީ ބަޔަކު ކެރިގެން އެކަމާ އުޅެފިނަމަ ބަދަލުކޮށްލެވިދާނެ ކަމެކެވެ. ކުރުބާފެނުން ލިބޭ ސިއްހީ ފައިދާ ހޯދައި، ލޯންގ ކޮވިޑް ތަހައްމަލްކުރަމުންދާ މީހުންނަށްލުޔެއް ހޯދޭތޯ ބެލުން ވަރަށް މުހިންމެވެ.   

ރާއްޖޭގެ މޫސުމަކީ ރުއް ހެދުމަށް ވަރަށް އެކަށޭނަ މޫސުމަކަށް ވާއިރު، ރާއްޖޭގެ އެތަން މިތަނުގައި އައު ފޯރިއަކާއެކު ރުއް ހައްދަންވީއެވެ. އަލަށް އާބާދުކުރާ ހުޅުމާލެ ފޭސް 2 ގައެވެ. ޕިކްނިކް އައިލެންޑްގައެވެ. މީހުން އުޅޭ ގިނަ ރައްރަށުގައި (މާލެ ވިލިގިލި ހިމެނޭ ގޮތުން) މިހާރު ހުރީ ވަރަށް ކުރިން އިންދާފައިހުރި "މުސްކުޅި" ރުއްތަކެކެވެ. އެތަކެތި ކަނޑާފައި ނަމަވެސް އައު ރުއްތައް އިންދަން މާ ލަސްވެސްވެއްޖެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް