Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 12:46
މާރުކޭޓުގައި ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކުރުނބާތަކެއް
މާރުކޭޓުގައި ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކުރުނބާތަކެއް
ރާއްޖެއެމްވީ
ރަމަޟާން 1438
މާރުކޭޓުގައި ކުރުނބާގެ އަގު އުފުލިއްޖެ
ކުރުނބާ ލިބެން ހުރީ 25ރ އާއި 50ރ. އަށް
މިއީ މާރުކޭޓުގައި ޑިމާންޑް އެންމެ ބޮޑު އެއް ބާވަތް

މާރުކޭޓުގައި ކުރުނބާގެ އަގު އުފުލިއްޖެ އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، ކުރުނބާގެ އަގު އުފުލިފައި ވަނީ ކުރުނބާ ނުލިބޭތީ ކަމަށެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ވެސް ކުރުނބާ ލިބެނީ، 20ރ. އާއި 25ރ. އަށް ވުމުން މާރުކޭޓުގައި ކުރުނބާ ވިއްކަންޖެހެނީ 25ރ. އާއި 50ރ އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.   

މާރުކޭޓުގައި ދޮން ކުރުނބާ އާއި ޖާފާނު ކުރުނބާ ހުރި އިރު، ކުރުނބާގެ އަގަށް ބަދަލު އަންނަނީ، ކުރުނބާގެ ބޮޑު ކުޑަ މިނަށް ބެލުމަށް ފަހު އެވެ.

މާރުކޭޓުގައި ލ އަތޮޅު އިސްދޫ އާއި ފޮނަދޫގެ އިތުރުން، ކ.ކާށިދޫ އާއި އއ. ތޮއްޑޫއިން ގެނެސްގެން ވިއްކާ ކުރުނބާ އެބަ ހުއްޓެވެ.

މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑު ބާވަތްތައް ކަމުގައިވާ، ކަރާގެ އަގު އުޅެނީ، 20ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކޮޕީ ފަތް ބޮޑި އެއް 15ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު ކުއްޅަފިލާ ފަތްބޮޑިއެއް އުޅެނީ، 15ރ. އަށެވެ.

ލެޓިއުސް ކިލޯ އެއްގެ އަގު އުޅެނީ 130ރ. އާއި 150ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގުތަކަށް ބަލާ އިރު ކަނޑު މަސް ކިލޯއެއްގެ އަގު ވަނީ ފަސް ރުފިޔާ އުފުލިފަ އެވެ. މިދިޔަ ފަސް ދުވަހުގައި ކަނޑު މަސް ކިލޯއެއްގެ އަގު 20ރ. އާއި 25ރ. ގައި ހުރުމަށް ފަހު ބުދަ ދުވަހު ވަނީ ކަނޑު މަސް ކިލޯއެއްގެ އަގު 30ރ. އަށް އަރާފަ އެވެ.

މީގެ އިތުރުން، މާރުކޭޓުގައި ލިބެން ހުރި ފަރުމަހުގެ ބާވަތްތަކަށް ބަލާ އިރު، ފަރުމަހުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ. މާރުކޭޓުގައި ފަރުމަސް ލިބެން ހުރި މިންވަރު ވެސް މިއަދު ވަަރަށް މަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް