ކ. މާލެ
|
14 ޖޫން 2017 | ބުދަ 12:29
ތެލެސީމިޔާ ސެންޓަރުން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕް
ތެލެސީމިޔާ ސެންޓަރުން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕް
ރާއްޖެ އެމްވީ
ބްލަޑް ޑޯނަރސް ޑޭ
އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ
ބައިނަލްއަގްވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ 14 ޖޫން
ބްލަޑް ސަވިސަސް އިން ހަފްތާ އަކު 150 ޔުނިޓްގެ ލޭ ބޭނުން ކުރޭ
ދަރުމައަށް ރާއްޖޭގައި ލޭ ހަދިޔާ ކުރަނީ، 33 ޕަސެންްޓް މީހުން

ރާއްޖޭގައި އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް 19000 ޔުނިޓްގެ ލޭ ބޭނުން ކުރާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާމީހުންގެ ދުވަހާއި ގުޅުވައިގެން، ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި އެންމެ ގިނައިން ލޭ ބޭނުންވާ މަރުކަޒަކީ މޯލްޑިވްސް ބްލަޑް ސަރވިސަސް ކަމަށާއި އަހަރަކު 9000 ޔުނިޓްގެ ލޭ އެ ސެންޓަރުން ބޭނުން ކުރާ ކަމަށެވެ. ބްލަޑް ސަރވިސަސް އިން ހަފްތާއަކު 150 ޔުނިޓްގެ ލޭ ބޭނުން ކުރާ އިރު އެހެން މަރުކަޒުތަކުން 20 ޔުނިޓާއި 75 ޔުނިޓާއި ދެމެދުގެ އަދަދެއްގެ ލޭ ބޭނުންކުރާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަތޮޅު ތެރޭގެ ހުރިހާ ރަށެއް ހިމެނޭގޮތަށް އަހަރެއްގެ ތެރޭގައި 10000 ޔުނިޓްގެ ލޭ ބޭނުން ވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ދަރުމައަށް ރާއްޖޭގައި ލޭ ހަދިޔާ ކުރަނީ، 33 ޕަސެންްޓް މީހުންނެވެ. ބާކީ 67 ޕަސެންޓް މީހުން ލޭ ހަދިޔާ ކުރަނީ، ވަކި ފަރާތަކަށް ހާއްސަކޮށްގެންނެެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވިހިވިހީގެ ތަސައްވަރަކީ، ލޭ ހަދިޔާ ކުރާ މިންވަރުން 100 އިންސައްތަ ހާސިލް ކުރުމެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން 14 ވަނަ ދުވަސް ދުނިޔޭގެ ލޭ ހަދިޔާ ކުރާމީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު މި ދުވަހުގެ މައިގަނޑު މަގްސަދަކީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ރައްކާތެރި ލެއާއި ލޭގެ ބާވަތްތައް ބޭނުންވާ މިންވަރު މިހުންނަށް އަންގައިދީ އަހުލުވެރިކުރުމެވެ. 

 ލޭގެ ޚިދުމަތްދޭ ތަންތަނުގައި ފަސޭހަކަމާއި އެކު ބަލިމީހުންނަށް ލެއާއި ލޭގެ ބާވަތްތައް ލިބެންހުރުމަކީ ހަރުދަނާ ސިއްހީ ނިޒާމެއްގެ ވަރަށް މުހިއްމު ކަމެއް ކަން ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެކަށީގެންވާ ވަރަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމުގެ ޔަގީންކަން ދެވޭނީ ގައުމީ ފެންވަރުގައި މިކަމަށް އަޑު އުފުލައި މުޅި މުޖްތަމައު މިކަމުގައި ބައިވެރިވެގެން ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

- ކޮމެންޓް