Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 11:10
މެމްބަރު އަބްދުލް ޣަފޫރު މޫސާ
މެމްބަރު އަބްދުލް ޣަފޫރު މޫސާ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ބޮނދު ބުޑަށް ސައިކިޔާނަން: ޣަފޫރު
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި

މި ސަރުކާރަށް ގޮތް ހުސްވެ، އަރާނެ ގޮޅިތައް ހުސްވަމުންދާ ކަމަށާއި "ބޮނދު ބުޑަށް ސައި ކިޔާނަން" ކަމަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

 

އޭނާ އިޝާރާތް އެ ކުރެއްވީ މި ސަރުކާރު ބަލިކުރާނެ ކަމަށެވެ. 

 

ހައި ކޯޓްގެ ފަނޑިޔާރުން 11 އަށް އިތުރުކުރުމަށްޓަކައި، ކޯޓްތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ފަނޑިޔާރުން އިތުރުކުރަނީ ނުބައި ރޭވުމެއްގައި ކަމަށާއި ކޯޓްތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ފަނޑިޔާރުންނަށް ބިރު ދައްކާފައިވާ ކަމަށެވެ.

 

"އެ ބޭފުޅުންގެ ގޭގެ ދޮރުމަތީގައި ތިބީ ބިޑި ހިފައިގެން،" ޣަފޫރު ވިދާޅުވި އެވެ.

 

މި ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށާއި ސަރުކާރުން އަރަން އޮތް "ގޮޅި ފުރާނަން" ކަމަށް އޭނާ ވިދާޅުވި އެވެ.

 

މި ސަރުކާރުން ގާނޫނު އަސާސީއެއް ގާނޫނެއް އޮތްކަން ހަނދާން ނެތް ކަން ފާހަގަ ކުރައްވަމުން ޣަފޫރު ވިދާޅުވީ ޝައިތާނުން ވެސް ރޯދަ މަހަށް ގަސްތޮޅު އަޅާފައިވާއިރު، މި ސަރުކާރުން ރޯދައެއް، ހުކުރެއް، ހޮނިހިރެއް ނުބަލައި މީހުން ހައްޔަރުކޮށް ޖަލަށް ލަމުންދާ ކަމަށެވެ.  އެއީ މީހުންނަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ހައްގު ހަމަވާނެ ތިޔަ ނުލަފާ އަމަލުތަކުގެ،" މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިޝާރަތް ކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

 

"މިހާރު މިދަނީ އެންމެ ފަހު އެޕިސޯޑް."

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް