Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 02:52
މަރުވި ޒުވާނާ ހޮސްޕިޓަލަށް ގެންދަނީ
މަރުވި ޒުވާނާ ހޮސްޕިޓަލަށް ގެންދަނީ
ރާއްޖެއެމްވީ
ޒުވާނަކު މަރުވުން
އައްޑޫ ސިޓީގައި ބާރަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ
މަރުވެފައިވަނީ ހިތަދޫ ގަސްރު ހައުސް، މޫގިލް ރަޝީދު
އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް.
ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ ހަރަކާތް ހުއްޓިފައި

މަރަދޫފޭދޫ ބޮޑު މަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި ހާދިސާއެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެރޭ 1:30 ހާއިރު ސައިކަލް ކަހާލައިގެން ވެއްޓި ބޮލަށް އަނިޔާ ލިބި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ހިތަދޫ ގަސްރު ހައުސް، މޫގިލް ރަޝީދުއެވެ.

އޭނާ ވެއްޓުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް މަރަދޫފޭދޫ ކޮޅުގައިވާ "ބެންޑުން" އަޅާލަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުކުރެވި ވެއްޓިގެންނެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ސައިކަލް ކަހާލައިގެން ވެއްޓި ޒަހަމްވި ޒުވާނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ، ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމް ސީރިއަސް ކަމުން ފަހުން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ބަދަލުކޮށްފައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހަަރަކާތް ހުއްޓިފައި ކަމަށް އެސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް