ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 06:05
ގދ.ތިނަދޫ
ގދ.ތިނަދޫ
ސޯޝަލް މީޑިއާ
ތިނަދޫގައި މާރަމާރީއެއް ހިންގުން
ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި
މާރަމާރީގައި އަނިޔާވި އެކަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން

ހުވަދުއަތޮޅު ތިނަދޫގައި މާރަމާރީއެއް ހިންގައިފިއެވެ.

މާރަމާރީ ހިންގާފައިވަނީ އެރަށުގައި ދިރިއުޅޭ ދެބިދޭސީއެއްގެ މެދުގައެވެ. މާރަމާރީގައި އަނިޔާވި އެކަކަށް މިހާރު އަންނަނީ އެރަށުގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ ތިނަދޫގައި ދެބިދޭސީންގެ މެދުގައި މާރަމާރީއެއް ހިންގާފައިވާ ކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް