Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 01:20
މަޖިލީހުގެ ރައީސް އަބުﷲ މަސީހް
މަޖިލީހުގެ ރައީސް އަބުﷲ މަސީހް
ޕީޕަލް މެގަޒިން
ޖިނާއީ އިޖުރާއަތުގެ ގާނޫނު
މަސީހް އިސްތިއުފާ ދެއްވަން ނިންމެވި: ޕީޕީއެމްގެ މަޖިލިސް މެމްބަރެއް
މަސީހުގެ އިސްތިއުފާ އަށް ގޮވި
ޕީޕީއެމްގެ އިތުބާރު މަސީހަށް ގެއްލިއްޖެ ކަމަށް ވިދާޅުވި
ރޯދަވީއްލުމަށް ވަޑައިގަތީ 17 މެމްބަރުން

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އަންގާރަ ދުވަހު ކަންކުރެއްވި ގޮތާ ގުޅިގެން ޕީޕީއެމްގެ މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން އަޑު އުފުލެއްވުމުން، އިސްތިއުފާ ދެއްވަން ނިންމި ކަމަށް މަސީހް ވިދާޅުވި ކަމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މެމްބަރުން ހިތްހަމަ ޖެހިވަޑައިނުގެން މަސީހުގެ އިސްތިއުފާ އަށް ގޮވީ، ކުރިން ހިމަނާފައި ނެތް ބައެއް އިސްލާހުތައް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލްގައި ހުކުރުމުންނެވެ. މިކަން ފަޅައިއެރީ ބިލް ހުށަހެޅުއްވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އެ ވާހަކަ މެމްބަރުންގެ ގާތު ވިދާޅުވުމުން ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"ބިލްގައި ވެސް އެތައް މައްސަލައެއް އެބަ ހުރި. އަދި މެމްބަރުން ހުށަނާޅުއްވާ ބިލެއް ހުށަހަޅުއްވާފައި އޮތުމުން މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު. އަބްދުއްރަހީމް ވެސް ވިދާޅުވި ބިލް ފާސް ނުކުރެވޭނެ ކަމަށް. ހަގީގަތު ވެސް ބިލް އޮތީ ހިލާލާފައި،" އޭނާ ވިދާޅުވި އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު މުބީނާ ހަވާލާ ދެއްވައި، ބައެއް މެމްބަރުން ވިދާޅުވީ މުބީން ސޮއި ކުރެއްވި ބިލްގައި އޮތީ ސަތާރަ ވަރަކަށް ގަނޑު ކަމަށެވެ. ނަމަވެސް، އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމަށް ގެނައި ބިލްގައި ގާތްގަނޑަކަށް ތިރީހަކަށް ގަނޑު އޮތް ކަމަށް ބުނެ އެވެ.

މި ބިލާމެދު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ހިތްހަމަ ނުޖެހުން ބޮޑުވެ، ބިލަށް ވޯޓް ނުދެއްވާނެ ކަމަށް ގިނަ މެމްބަރުންތަކެއް ވިދާޅުވި އެވެ. އެހެންވެ، މެމްބަރުން ހަމައަކަށް އެޅުވުމަށްޓަކައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ އިދާރާއަށް ވަޑައިގެން، މެމްބަރުންނާ ބައްދަލު ކުރެއްވި އެވެ.

އެ ބައްދަލުވުމަށް މަސީހް ވަޑައިނުގަންވާ ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"ބައްދަލުވުމަށް މެމްބަރުން ވަޑައިގެންނެވިއިރު ވެސް ހުތުރުކޮށްނާއި ރީތިކޮށް މަސީހުގެ އިސްތިއުފާ އަށް ބައެއް މެމްބަރުން ދިޔައީ ގޮވަމުން. މެމްބަރު ފަލާހު ވެސް އެތަނުގައި ހުންނަވައި މަސީހަށް ގުޅުއްވި، ގުޅުއްވީމަ ވިދާޅުވި އިސްތިއުފާ ދެއްވަން ނިންމައިފީމޭ،" އެ މެމްބަރު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލް މަޖިލީހަށް ހުށަހަޅުއްވައި ބަހުސް ކުރައްވަން ވެސް މެމްބަރުންނަށް ފުރުސަތެއް ނުދެއްވަ އެވެ.

އެ ބިލް މިހާރު ވަނީ އަނބުރާ ގެންދަވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
14 ޖޫން 2017 | ބުދަ 20:03
Gaa
Mee gas gandheh. Visaafikuru kuraa bayakah ingeynee mi vaan ulhey ehceh