ކ. މާލެ
|
10 ޖުލައި 2022 | އާދީއްތަ 01:21
އަހުމަދު ހަސަންއަށް ގާޑް އޮފް އޮނާއެއް ދެނީ
އަހުމަދު ހަސަންއަށް ގާޑް އޮފް އޮނާއެއް ދެނީ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އަހުމަދު ހަސަން ޤައުމީ ޓީމާ ދުރަށް
އަހުމަދު ހަސަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
އައްމަޑޭ 15 އަހަރު ޤައުމީ ޓީމަށް ކުޅުނު

މިދިޔަ 15 އަހަރު ޤައުމީ ކްރިކެޓް ޓީމަށް ކުޅުނު ބެޓްސްމަން އަހުމަދު ހަސަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އަހުމަދު ހަސަން (އައްމަޑޭ) ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މެލޭޝިޔާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މެލޭޝިޔާ އަތުން ރާއްޖެ ބަލިވެ, މުބާރާތުން ކެޓި މެޗަށްފަހުއެވެ. މެޗަށްފަހު ދެޓީމްގެ ޤައުމީ ޓީމްގެ ކުޅުންތެރިން ވަނީ އައްމަޑޭއަށް ގާޑް އޮފް އޮނާއެއް ދީފައެވެ. އައްމަޑޭ ވަނީ 2015 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅުނު މެޗުތަކުގައި 408 ލަނޑު ހަދާފައެވެ. އެމުއްދަތުގައި އޭނާ 18 ވިކެޓް ނެގިއެވެ.

ކުޅުން ހުއްޓާލުމަށްފަހު އައްމަޑޭ ބުނީ އޭނާއަށް ލިބުނު ހުސްވަގުތުގެ ތެރެއިން ގިނަ ވަގުތު ހޭދަކުރީ ކްރިކެޓަށްކަމަށާއި, ޤައުމީ ޖަރޒީގައި އެންމެ ފަހު މެޗުގައި ކުޅުންތެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުމަކީ ހިތްހަމަޖެހުމެއްކަމަށެވެ. ނަމަވެސް އެމެޗުގެ ނަތީޖާއަކީ ބޭނުންވި ނަތީޖާ ނޫންކަމަށް ބުންޏެވެ.

އަހުމަދު ހަސަންގެ ފުރަތަމަ ކޯޗު އިމާދު އިސްމާއީލް ބުނީ އެއީ ކްރިކެޓްގެ އާއިލާއަކަށް ނިސްބަތްނުވެ, ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން އައިސް ހުރިހާ އުމުރުފުރާ ޤައުމީ ޓީމްތަކަށް ކުޅެ, ކާމިޔާބު ހޯދި ކުޅުންތެރިއެއްކަމަށެވެ. އަދި ކިޔަވަމުން, ވަޒީފާއަށްދަމުން އަހުމަދު ހަސަން ކްރިކެޓަށްވީ ޤުރުބާނީ ފާހަގަކުރަންޖެހޭކަމަށް ކުޅުން ހުއްޓާލި މެޗުގައިވެސް ކޯޗިންގ ޓީމްގައި ހިމެނޭ އިމާދު ބުންޏެވެ.

އަހުމަދު ހަސަންއާއެކު ޤައުމީ ޓީމަށް ކުޅެމުން އައި މުޙައްމަދު މަހުފޫޒު ބުނީ އަހުމަދު ހަސަންއަކީ ޑެޑިކޭޓެޑް, ބުރަކޮށް މަސައްކަތްކުރާ އަދި އެހެން ކުޅުންތެރިން މޯޓިވޭޓްކުރާ ނަމޫނާ ކުޅުންތެރިއެއްކަމަށެވެ.

- ކޮމެންޓް