Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 20:19
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަލީ ނިޔާޒު
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަލީ ނިޔާޒު
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމަށް އަލީ ނިޔާޒު ކުރިމަތިލައްވައިފި
ހުސްވެފައިވާ މަގާމްތަކުގެ އިންތިޚާބް ބާއްވަނީ 12 ޖުލައި ގައި
މިމަގާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 20 ވަނަ ދުވަސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިޚާބު މިއަންނަ ޖުލައި މަހުގައި ބާއްވާއިރު އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމަށް އަލީ ނިޔާޒު ކުރިމަތިލައްވައިފިއެވެ. އޭނާ މިހާރު ހުންނެވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (މާލީ) މަޤާމުގައެވެ.

ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަގާމަށް ކުރިމަތިލައްވާފައިވާ ކަމަށާއި އެމްޑީޕީގެ އެންމެހާ މެންބަރުންގެ ތާއީދަށް އެދިލައްވާ ކަމަށެވެ. އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ  ޕާޓީގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމްތަކުގެ އިންތިޚާބް 12 ޖުލައި ގައި ބޭއްވުމަށް ޕާޓީގެ އިންތިހާބާއިބެހޭ ކޮމިޓީން ނިންމާފައިވާކަމަށެވެ.

އަދި އެދާއިރާތަކުގެ މަގާމްތަކަށް ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުން ކުރިމަތިލާން ބޭނުންވާ އެކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު ހުށައެޅުމަށެވެ. ދާއިރާތަކުގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން  މިކަންތައްތަކުގެ އިތުރަށް، ތާޢީޑު އޮތްކަން ހާމަކުރުމަށް 50 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމަށް އެޕާޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މިމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ.

އަދި މި މަގާމުތަކަށް ކުރިމަތިލެވޭނީ އަދި މި އިންތިހަބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 13 ޖޫން ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށްވެސް އެމްޑީޕީގެ އިއުލާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް