ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 15:02
އިޓަލީގެ މިވަގުތުގެ ހަނަފަސްކަން
އިޓަލީގެ މިވަގުތުގެ ހަނަފަސްކަން
ސައުދީގެޒެޓް
އިޓަލީގެ ހަނަފަސްކަން
އިޓަލީގެ ހަނަފަސްކަން: އުތުރުގެ ފަސް ސަރަހައްދެއްގައި ސްޓޭޓް އޮފް އިމަރޖެންސީ
 
ފެނަށް ދަތިވުމުގެ ސަބަބުން ކާބޯތަކެތީގެ އިތުރުން ކަރަންޓު ލިބުމަށް ވެސް ވަނީ ދަތިވެފައި

އިޓަލީގެ އުތުރުގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފަށް ހަނަފަސްކަން ކުރިމަތިވުމާއި ގުޅިގެން އުތުރުގެ ފަސް ސަރަހައްދެއްގައި ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށްފިއެވެ. ޚަބަރުލިބޭ ގޮތުގައި ފާއިތުވި ހަތްދިހަ ވަރަކަށް އަހަރުތެރޭވެސް އިޓަލީގައި ހަނަފަސްކަން މިވަރަށް ގޮސްފައެއް ނުވެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން ކައުންސިލް އޮފް މިނިސްޓަރސްގެ ފަރާތުން މިހާރުވަނީ 36.5 ޔޫރޯގެ ފަންޑެއް އެކަމަށް ފާސްކޮށްފައެވެ. މިފަންޑުން ކުރެވޭނެ ކަންކަމުގެތެރޭގައި ޕަބްލިކް ސޭފްޓީގެ ޔަގީންކަން ގާއިމްކުރުމާއި އާންމުންނާއި ސަރުކާރުގެ މުދަލަށް ލިބޭ ގެއްލުން ފޫބެއްދުން ހިމެއެވެ.

ގައުމަށް ބޭނުންވާ ކާނާ ކަމަށްވާ ގޮދަން ހަނޑޫފަދަ ގޮވާމުގެ 40 އިންސައްތަ ހައްދަނީ އިޓަލީގެ އެންމެ ބޮޑު ކޯރު ރިވަރ ޕޯގެ ފެން ބޭނުންކޮށްގެން ޕޯ ވާދީގައި ކަމަށްވާއިރު، އެހިސާބަށް ވާރޭ ނުވެހޭތާ ހަތަރު މަހެއްހާ ދުވަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއާއެކު ޕޯ ރިވަރގެ ފެންގަނޑުވަނީ ކުރިން އޮންނަ ވަރަށް ވުރެ ހަތް މީޓަރު ތިރިވެފައިކަމަށް ވެއެވެ.

އެގައުމުގެ އެންމެ ބޮޑު އެގްރިކަލްޗަރަލް ޔޫނިއަންއިން ބުނެފައިވާ ގޮތުގައި ވާރޭ ނުވެހި އެހާ ގިނަ ދުވަސްވުމުގެ ސަބަބުން ކިރާއި އެއްގަމުމަސް ހޯދުމުގެ ބޭނުމުގައި ގެންގުޅޭ ގެރިބަކަރި ފަދަ ޖަނަވާރުތަކުގެ ދިރިތިބުމަށްވެސް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.

ރިވަރ ޕޯގެ އިތުރުން އެހެން ކޯރުތަކުގެ ފެންގަނޑުވެސް ވަނީ ވާރޭ ނުވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ހިނދިފައެވެ.

ފެނަށް ދަތިވުމުގެ ސަބަބުން އިޓަލީއަށް ވަނީ އެހެން މައިގަނޑު މައްސަލައެއް ވެސް ކުރިމަތިވެފައެވެ. އެއީ ފެނުން ކަރަންޓު ނެގުމަށް ހިންގާ ނިޒާމްތައް ރަނގަޅަށް މަސައްކަތް ނުކުރުމެވެ. އިޓަލީގެ ފަރުބަދަމަތީގެ ހިސާބުތަކުގައި ގާއިމުކޮށްފައިވާ ފެނުން ކަރަންޓު އުފައްދާ ނިޒާމްތަކުން ގައުމަށް ބޭނުންވާ ކަރަންޓުގެ 20 އިންސައްތަ އުފައްދާ ކަމަށްވެއެވެ. މިނިޒާމްތައް ރަނގަޅަށް ނުހިނގުމުގެ ސަބަބުން އެގައުމަށް މިވަގުތު ވަނީ ކަރަންޓުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ފެނަށް ދަތިވުމުގެ ސަބަބަން ސަތޭކަވަރަކަށް މުނިސިޕަލް ސަރަހައްދުން ވަނީ ފެން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅު އަޅަން ވެސް މަޖްބޫރުވެފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
20%
20%
20%
20%
0%
ކޮމެންޓް