ކ. މާލެ
|
4 ޖުލައި 2022 | ހޯމަ 19:04
ރާއްޖެ އަތުން މޮޅުވި ބޫޓާން ކުޅުންތެރިން އުފާފާޅުކުރަނީ
ރާއްޖެ އަތުން މޮޅުވި ބޫޓާން ކުޅުންތެރިން އުފާފާޅުކުރަނީ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކުއަޑްރަންގިއުލާ ޓީ20 ސީރީސް
ރާއްޖެ ބަލިކޮށް، ބޫޓާނަށް ތާރީޚީ މޮޅެއް
ރާއްޖެއަށް ބާކީ އޮތީ މެލޭޝިޔާއާ ވާދަކުރާ މެޗު

ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ބޫޓާން އަތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ބަލިވެއްޖެއެވެ.

މެލޭޝިޔާގައި ކުރިއަށްދާ މުބާރާތުގައި ބޫޓާން އަތުން ރާއްޖެ ބަލިވީ 6 ލަނޑުންނެވެ. މެޗުގައި 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 104 ލަނޑެވެ. ބޫޓާނުން ވަނީ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހަދާފައެވެ. މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑު ހެދި މުހައްމަދު ރިޝްވާނެވެ. ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު، މެޗުގައި 17 ލަނޑު ހެދިއެވެ. ރާއްޖެ އަތުން ބޫޓާން މިހޯދި މޮޅަކީ ޓީ20ގައި ގައުމީ ޓީމްގެ ބައިނަލްއަގުވާމީ ފުރަތަމަ މޮޅެވެ. އެކަން ފާހަގަކޮށް ރާއްޖޭގެ ކްރިކެޓް ބޯޑުން ވަނީ މަރުހަބާ ކިޔާފައެވެ.

މުބާރާތުގައި މެލޭޝިޔާއިން ވަނީ 9 ވިކެޓުން ތައިލެންޑް ބަލިކޮށްފައެވެ. ތައިލެންޑް ދެ މެޗުން ބަލިވެފައިވާއިރު, މެލޭޝިޔާ ވަނީ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. ރާއްޖެއަށް ބާކީ އޮތީ މެލޭޝިޔާއާ ވާދަކުރާ މެޗެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ވަނީ މޮޅުވެފައެވެ.

- ކޮމެންޓް