ކ. މާލެ
|
3 ޖުލައި 2022 | އާދީއްތަ 18:29
އޮސްޓްރޭލިޔާގައި ފެންބޮޑުވުން
އޮސްޓްރޭލިޔާގައި ފެންބޮޑުވުން
އޭއެފްޕީ
އޮސްޓްރޭލިޔާގައި ފެންބޮޑުވުން
ސިޑްނީގައި ފެންބޮޑުވެ އެތައްހާސްބަޔަކު ގެދޮރު ދޫކޮށް ދާން މަޖްބޫރުވެއްޖެ
 
ކުރިޔަށް އޮތް ދުވަސްތަކަކީވެސް ވިއްސާރަ ދުވަސްތަކަކަށް ވާނެ

އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސިޑްނީއަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަހައްދުތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން އެތައްހާސްބަޔަކު ގެދޮރު ދޫކޮށްދާން މަޖްބޫރުވެއްޖެއެވެ. ބޮޑުވި ފެނުގެސަބަބުން މަގުތަކުގައި ދުއްވާ ނޫޅެވޭވަރުވެފައިވާއިރު، 18 ސަރަހައްދަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މޫސުމާބެހޭ އިދާރާތަކުން ވަނީ އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަކުރާނެކަމަށް ބުނެފައެވެ.

މިދިޔަ މާޗް މަހުވެސް، ސިޑްނީ ހިމެނޭހެން، އޮސްޓްރޭލިޔާގެ ބައެއް ސިޓީތަކަށް ވަރަށް ބޯކޮށް ވާރޭހި ފެން ބޮޑުވުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 20 މީހުން މަރުވެފައިވެއެވެ. އިމަރޖެންސީ ސަރވިސަސް މިނިސްޓަރ ސްޓެފަނީ ކުކް ވިދާޅުވީ މިވަގުތު ކުރަމުން މިދާ ވިއްސާރައިގައިވެސް މީހުންގެ ފުރާނަޔަށް ގެއްލުންވާވަރު ވެފައިވާކަމަށެވެ.

ސިޑްނީގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީން ބުނެފައިވާގޮތުގައި ބައެއް ހިސާބުތަކަށް 350 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ކޯރު ފުރި ބަންޑުންވުން ހުއްޓުވުމަށް ހަދާފައިވާ "ޑޭމް" ތަކުގެ މަތިން ފެން ބައިބަން ފަށާފައިވުމާއެކު ބޮޑު ސަރަހައްދެއްގައި އަދިވެސް ފެންބޮޑުވާނެކަމަށް ދަނީ ބެލެމުންނެވެ. ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުން ދަނީ ކޮންމެ ވަގުތަކުވެސް، ވަގުތީގޮތުން ގެ ދޫކޮށް ދެވޭގޮތަށް ތައްޔާރަށް ތިބުމަށް އާންމުންނަށް އަންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް