Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 16:59
ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ، 2009 ވަނަ އަހަރު
ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ، 2009 ވަނަ އަހަރު
މުހައްމަދު ޝަރުހާން
ހިމަބިހި ނައްތާލުން
ރާއްޖެއިން ހިމަބިހި ނައްތާލެއްވިއްޖެ: ޑަބްލިއުއެޗްއޯ
ދިވެހިރާއްޖެއައަކީ ހިމަބިހި ނައްތާލެވިފައިވަ ގައުމެއްކަމަށް އިއުލާން ކުރީ، އިންޑިއާގެ ނިއުދިއްލީގައި
ދިވެހިރާއްޖެއައަކީ ހިމަބިހި ނައްތާލެވިފައިވަ ގައުމެއްކަމަށް  ކަނޑައަޅާ އިއުލާން ކުރީ މިއަދު

ދިވެހިރާއްޖެއައަކީ ހިމަބިހި ނައްތާލެވިފައިވަ ގައުމެއްކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާރަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވަ ގައުމެއްކަމަށް އިއުލާން ކުރީ، އިންޑިއާގެ ނިއުދިއްލީގައި ހިނގަމުންދާ އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގެ 8 ވަނަ ބައްދަލުވުމުގައި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ  ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް  ޑިރެކްޓަރ ޑރ. ޕޫނަމް ސިންގ ކަމަށެވެ. މި ސަރަހައްދުން އެނެމް ފުރަތަމަ ހިމަބިހި ނައްތާލެވުނު ގައުމުތަކުގެ ތެރޭގައި ރާއްޖެއާއިއެކު ބޫޓާން ވެސް ހިމެނެއެވެ. ރާއްޖެއާއި ބޫޓާނަކީ 2020 ގެ ކުރިން ހިމަބިހި ނައްތާލުމަށް އަމާޒުހިފި ދެގައުމެވެ.

 

ހިމަބިހިން ރަށްކާތެރިވުމަށް ރާއްޖޭގައި މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ، 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ، 2009 ވަނައަހަރުއެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަމުގައި ދެމެހެއްޓުމަށްޓަކައި މިހާރުވެސ ކުރިއަށްގެންދާ ގައުމީ ތާވަލާއި އެއްގޮތަށް ވެކްސިނޭޝަން މެދުނުކެނޑި ކުރިއަށްގެންދިއުމާއިއެކު، ބަލި އުޅޭ ނޫޅޭގޮތް ހަރުދަނާކަމާއިއެކު، ބަލަހައްޓަމުން ގެންދެވޭކަމަށެވެ.

 

ދިވެހިރާއްޖެއައަކީ ހިމަބިހި ނައްތާލެވިފައިވަ ގައުމެއްކަމަށް  ކަނޑައަޅާ އިއުލާން ކުރީ މިއަދު (އަނަގާރަދުވަހު) އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް