ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 09:00
 ޗުއްޓީގައި ހުރެ ލިވަރޕޫލް ސަޕޯޓަރުންނަށް ސަލާހު ދިނީ އުފާވެރި ޚަބަރެއް
ޗުއްޓީގައި ހުރެ ލިވަރޕޫލް ސަޕޯޓަރުންނަށް ސަލާހު ދިނީ އުފާވެރި ޚަބަރެއް
ލިވަޕޫލް
ސަލާ އެއްބަސްވުން އާކުރުން
ސަލާހުގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން، ސަލާހުގެ ކްލަބްއަކީ ލިވަޕޫލް- ކްލޮޕް
ސަލާހު ސޮއިކުރީ ތިން އަހަރުގެ އައު އެއްބަސްވުމެއްގައި

މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާހުގެ ކްލަބްއަކީ ލިވަރޕޫލް ކަމަށާއި, ސަލާހު ކްލަބްގައި މަޑުކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ތިން އަހަރުގެ އާ އެއްބަސްވުމެއްގައި ސަލާހު ސޮއިކުރުމުން ކްލޮޕް ބުނީ ސަލާހުގެ އެނިންމުކަކީ ކްލަބަށްވެސް އަދި ސަލާހު އަށްވެސް އެންމެ ރަނގަޅު ނިންމުންކަމަށެވެ. އަދި އެނިންމުމަކީ ސަޕޯޓަރުންނަށްވެސް ޚާއްޞަ ނިންމުމެއްކަމަށެވެ. ސަލާހުގެ އެނިންމުމާއި ގުޅިގެން މިހަފްތާ ބަންދުވާނީ ލިވަރޕޫލްގެ ސަޕޯޓަރުންނަށް އުފާވެރި ހަފްތާ ބަންދަކަށް ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.

ސަލާހު ވަނީ ލިވަރޕޫލް އަށް ބަދަލުވެ ހޭދަކުރި ފަސް އަހަރުގެ ތެރޭގައި 254 މެޗުން 156 ގޯލް ޖަހާފައެވެ. އެމުއްދަތުގެ ތެރޭގައި ކްލަބް އާއިއެކު ޗެމްޕިއަންސްލީގު, ޕްރިމިއަރ ލީގު, އެފްއޭކަޕް, ލީގުކަޕް އަދި ފީފާ ކްލަބް ވަރލްޑަކަޕާއި, ޔުއެފާ ސުޕަރކަޕްވެސް އުފުލާލިއެވެ. ޕްރިމިއަރ ލީގުގެ ރަންބޫޓް ތިން ސީޒަންގައި ހޯދިއެވެ. ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ދެ ފަހަރު ހޯދިއެވެ.

ސަލާހު އާއިއެކު ފޯވާޑް ލައިންގައި ކުޅުނު މާނޭ ކްލަބް ދޫކޮށްލި ވަގުތު, ސަލާހު އެއްބަސްވުން އާކުރުމަކީ ލިވަރޕޫލް އަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިއަށް އޮތް ސީޒަންގައި މާނޭގެ ބަދަލުގައި ސަލާހުއާއިއެކު ލިވަޕޫލްގެ އެޓޭކްގައި ހަރަކާތްތެރިވާނީ ބެންފީކާއިން ގެނައި އުރުގުއޭގެ ނޫނޭޒްއެވެ.

- ކޮމެންޓް